މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ދާއިމީ ލިސްޓް އާއްމު ކުރުމާއި، އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ލިބޭނެ ފަރާތް ހޮވުމަށް ގުރުއަތުލުން ބޭއްވުން

 

`

 

 

 

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

    މާލެ ، ދިވެހިރާއްޖެ        

             

                                                  ނަންބަރު : 22-EDF/22/2023/147 

އިޢުލާން

އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށްޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ދާއިމީ ލިސްޓް އާއްމު ކުރުމާއި، އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ލިބޭނެ ފަރާތް ހޮވުމަށް ގުރުއަތުލުންބޭއްވުން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ނަންބަރު2422-EDF/22/2022/ 01) ފެބްރުވަރީ 2023) އިޢުލާނާ ގުޅިގެން، އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަރުތީބު  ދާއިމީ ލިސްޓް2023  މެއި 08 އިން ފެށިގެން ގެޒެޓްގައި ޝާއިޢު ކޮށްފީމެވެ. މި ލިސްޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ވެލާނާގެ 8 ވަނަ ފަންގިފިލާގެ ނޯޓިސްބޯޑް ގައާއި، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ނޯޓިސް ބޯޑްގައި އަދި އެދުރުވެހީގެ ނޯޓިސް ބޯޑުގައި ބެހެއްޓުމުގެ އިތުރަށް، މިމިނިސްޓްރީގެ ވެބްސައިޓް www.moe.gov.mvގައި 2023 މެއި 08 އިން ފެށިގެން ޝާއިޢު ކޮށްފީމެވެ.

 

މިހާތަނަށް ހުސްވެފައިވާ އެދުރުހިޔާގެ 1 ކޮޓަރީގެ 7 ފްލެޓާއި، 2 ކޮޓަރީގެ 5 ފްލެޓް އަދި އެދުރުވެހީގެ 1 ކޮޓަރީގެ 10 ފްލެޓާއި، 2 ކޮޓަރީގެ 8 ފްލެޓް ލިބޭނެ ފަރާތްތައް އެންމެ މަތިން ޕޮއިންޓް ލިބިފައިވާގޮތުގެ ތަރުތީބުން ގުރުއަތުން ހޮވުމާއި، ކޮންމެ ގިންތި އަކުން 10 މީހުން (އެންމެ މަތިން ޕޮއިންޓް ލިބިފައިވާގޮތުގެ ތަރުތީބުން) ވެއިޓިންގ ލިސްޓަށް ހޮވުމަށް ބޭއްވޭ ގުރުއަތުލުން 2023 މެއި 20 ވާ ހޮނިހިރު ދުވަހު ދުވަހުގެ ރޭ 8:00 ގައި އިމާދުއްދީން ސްކޫލް ހޯލްގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

 

ވީމާ، މިދެންނެވި ގުރުއަތުގައި ބައިވެރިވެދެއްވުމަށް ދައުވަތުއެރުވޭ ފަރާތްތަކުން 2023 މެއި 20 ވާ ހޮނިހިރު ދުވަހުގެ ރޭ 8:00 އަށް، އިމާދުއްދީން ސްކޫލް ހޯލަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަންބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ނަމާއި އައި.ޑީ. ކާޑު ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވައިދެއްވުން އެދެމެވެ. މިކަމާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341195 އަށް ނުވަތަ 3341232 ފޯނަށް ގުޅުއްވުން އެދެމެވެ.



 

 

-----------------------------------------------------------------------------------------------------------------------

މި އިޢުލާން :

·      ދިވެހި ސަރުކާރުގެ ގެޒެޓް ގައި : 08 މެއި 2023 އިން 18 މެއި 2023 ގެ ނިޔަލަށް ޝާއިޢު ކޮށްދެއްވުން އެދެމެވެ.

·      ދިވެހި ރާއްޖޭގެ އަޑުން : 09 މެއި 2023 އިން 11 މެއި 2023 ގެ ނިޔަލަށް ކޮންމެ ދުވަހަކު 1 ފަހަރު ބްރޯޑްކާސްޓް ކޮށްދެއްވުން އެދެމެވެ.

 

                   

އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށްޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ދާއިމީ ލިސްޓް އާއްމު ކުރުމާއި، އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ލިބޭނެ ފަރާތް ހޮވުމަށް ގުރުއަތުލުންބޭއްވުން

 

08 މޭ 2023
ހޯދާ