ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންގެ ތެރެއިން ހެނދުނުގެ ނާސްތާ ފޯރުކޮށްދޭންޖެހޭ 31 ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ސްކޫލުން ނާސްތާގެ ގޮތުގައި ދެވިދާނެ ތަކެތީގެ ތަފްޞީލާއި ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތުގެ އުޞޫލު އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 މެއި 2023 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި ސްކޫލުގެ މެއިލް [email protected] މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އަބޫބަކުރު ސްކޫލުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 14:00 ދެމެދު، ތިރީގައި މިވާ އެޑްރެހަށެވެ.
އަބޫބަކުރު ސްކޫލް
ގދ. ތިނަދޫ
ފޯން: . 6842095
އީ-މެއިލް: [email protected]
08 މެއި 2023