ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލަށް ކެޕިޓަލް ތަކެތި ގަތުމަށް ކުރި އިޢުލާން ނަންބަރު GS210/2014/72ފ(18 ޑިސެންބަރު 2014) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
މި ސްކޫލަށް، ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.
އަދަދު |
ނަން |
# |
15 |
ޑެސްކްޓޮޕް ކޮމްޕިއުޓަރ ޔޫ.ޕީ.އެސްއާ އެކު |
1 |
1 |
ކަލަރ ލޭޒަރ ޖެޓް ޕްރިންޓަރ |
2 |
ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތެއް އަންދާސީހިސާބު ހުށަހެޅުއްވުމަށާއި، މަޢުލޫމާތު ހޯއްދެވުމަށް ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.