މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ޤުރުއާން މުބާރާތް 1444ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ނ.ވެލިދޫޤުރުއާން މުބާރާތް 1444ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ވެލިދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި، އާލާކޮށް، ފެތުރުމަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި ހުރިހާ އުމުފުރާއަކަށް ހުޅުވާލައިގެން، މިހިނގާ 1444ވަނަ އަހަރު ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ގަސްދުކުރެވިފައިވަނީ  16 ޖޫން 2023 ވާ ހުކުރު ދުވަހުއެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމްގެ ލިންކާއި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު ޢާއްމުކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ހުށައެޅުމުގެ ސުންގަނޑިއަކީ 31 މެއި 2023 ވާ ބުދަ ދުވަހުގެ 14:00އެވެ.

 

08 މޭ 2023
ހޯދާ