ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫ ކައުންސިލް 1 ވަނަ ޤުރުއާން މުބާރާތް 2023 ސްޕޮންސާރ ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފުރުޞަތު ހުޅުވައިލުން

ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މާތް މަގުޞަދުގައި ހޯނޑެއްދޫ ކައުންސިލްގެ 1 ވަނަ ޤުރުއާން މުބާރާތް 2023 މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތަކީ 9 ގޮތްޕަށް ބަހާލެވިގެން، ކޮންމެ ގޮތްޕެއްގައި ބަލައިގެންނާއި ނުބަލާ ކިޔުމަށް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ވަނަ ވަނައަށް ދާފަރާތްތަކަށް ޓްރޮފީ އަދި ފައިސާގެ އިނާމު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން އެދިލައްވަމުންދާތީވެ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ވަކިވަކި ފަރުދުން މި މުބާރާތަށް އެހީތެރިވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުމަށް ދަންނަވަމެވެ.  މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޖުވައިރިއްޔާ އަޙްމަދު ( ކައުންސިލަރ) ގެ ފޯން ނަންބަރ 7202297 އަށް ގުޅުއްވުން އެދެމެވެ.

އެކައުންޓް ނަންބަރ:  7710700382001

އެކައުންޓް ނަން: 1468 REVENUE 1

ސްލިޕް ވައިބާރ: 9660015

މިފަދަ މުބާރާތްތަށް ރާވާ ހިންގުމުގައި ހޯނޑެއްދޫގެ ލޮބުވެތި ރައްޔިތުން ވެދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.

08 މޭ 2023
ހޯދާ