ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ހަނދުވަރުދޭ ހިނގުމުގައި ހުންނަ ނެޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގައި 2023 މެއި 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2023 މެއި 17 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ނެޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންއަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2023 މެއި 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ނެޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ އެ ނީލަން ކާމިޔާބުކުރި އަގު 24) ސައުވީސް) ގަޑިއިރުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv ދައްކައި ޚަލާސް ކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، މި އުސޫލުގައިވާ ގޮތުގެ މަތިން، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން  ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 މޭ 2023
ހޯދާ