މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

ރުއްގަހުގެ ވެރިން ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: ME305/305/2015/2-ފIUL)305)ފ(04 ޖަނަވަރީ 2015) އިޢުލާނަށް އިޖާބަދެއްވާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާނުގެ މުއްދަތު އިތުރުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ރ. މާކުރަތުން ގެވަޅު ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ތެރެއިން 01 ވަނަ ސަރަޙައްދުގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ. ގެވަޅު ދޫކުރާ 01 ވަނަ ސަރަޙައްދަކީ ރ. މާކުރަތު "އަދަ" އެވެ ކިޔާ ގޯތީގެ ހުޅަނގުން 08 ގޯތި، ރ. މާކުރަތު "އަދަ" އެވެ ކިޔާ ގޯއްޗާއި "ދޯދި" އެވެ ކިޔާ ގޯތި ހިމެނޭ ބްލޮކުން 04 ގޯތި، އަދި ރ. މާކުރަތު "ނިރު" އެވެ ކިޔާ ގޯތީގެ ހުޅަނގު ބްލޮކުން 08 ގޯއްޗެވެ.

ވީމާ، މިސަރަޙައްދުގައިހުރި ރުއްގަހުގެ ވެރިޔަކު ވާނަމަ 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 ރަބީޢުލްއައްވަލް 1436

14 ޖަނަވަރީ 2015
ހޯދާ