ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގުދަނެއްގެ ގޮތުގައި ބޭނުންކުރުމަށް މަދުވެގެން 1,500 އަކަފޫޓާގެ އިމާރާތް 01 (އެކެއް) އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)AEH/AEH/2023/22 އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 މެއި 2023 އިން ފެށިގެން 11 މެއި 2023 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މި ޢިއުލާނާއި ގުޅޭ ބިޑްފޯރމް، އަދި މަޢުލޫމާތު ޝީޓް ރެޖިސްޓަރވާ ފަރާތްތަކަށް އީ.މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. ޢިއުލާނާއި ގުޅޭ އެހެން ލިޔެކިޔުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 11 މެއި 2023 ވާ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 18 މެއި 2023 ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.