2023 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ މާކިންގ ހޯލުގައި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.
|
ބޭނުންވާ އަދަދު:
|
މަޤާމް
|
ދިވެހި
|
އިސްލާމް
|
ކްލެރިކަލް މުވައްޒަފު
|
11
|
11
|
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:
|
- މާކިންގ ވާރކްޝޮޕް:
03 ޖުލައި 2023 އިން 05 ޖުލައި 2023 އަށް (08:00 އިން 18:30 އަށް)
- މާކިންގ:
09 ޖުލައި 2023 އިން 24 ޖުލައި 2023 އަށް (08:00 އިން 18:30 އަށް)
|
އުޖޫރަ:
|
- މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.
- ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
|
ޝަރުޠު:
|
ކްލެރިކަލް މުވައްޒަފު ކަމަށް އެދޭ މީހުންގެ ޝަރުޠު:
- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ކުރިން މިމަސައްކަތުގައި އުޅެފައިވުން.
- މިއަހަރު، އިމްތިޙާނުގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.
|
މަސްޢޫލިއްޔަތު:
|
- މާކަރުންނާއި އެގްޒޭމިނަރުންގެ ޙާޟިރީ ބެލެހެއްޓުން.
- ވާރކްޝޮޕްގައި މާކަރުންނަށް ކަރުދާސް ބެހުމާއި މާކުކޮށް ނިމުމުން ކަރުދާސްތައް ނެގުން.
- ޕޭޕަރތައް ރައްކާތެރިކަމާއެކު ގެންގުޅުން.
- މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕެއް ބެލެހެއްޓުން. އެގޮތުން
ހ. ގްރޫޕްގައި ތިބޭ މާކަރުންނަށް ކަރުދާސް ޙަވާލުކުރުން އަދި ނިމުމުން އަނބުރާ އެކަރުދާސްތައް ބަލައިގަތުން.
ށ. ޗެކްކޮށް ނިމޭ ކަރުދާސްތައް އެ ގްރޫޕެއްގެ އެގްޒޭމިނަރުންނާ ޙަވާލުކުރުން.
ރ. އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާސްތައް، މާކުސް އެންޓަރކުރާ މޭޒަށް ޙަވާލުކުރުން.
ބ. ތަކެތި ހަމަކޮށް ގަޑިއަށް މާކިންގ ފެށޭވަރަށް ހޯލް ތައްޔާރުކުރުން.
ޅ. އެ ގްރޫޕެއްގައި ހިމެނޭ މާކަރުންގެ ގަލަން، ފަންސޫރު، ރަބަރު، ކަލްކިއުލޭޓަރ ފަދަ ތަކެތި ހަމަކޮށް ބެލެހެއްޓުން.
- މީގެ އިތުރުން މާކިންގ މަސައްކަތާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:
|
- ތަޢުލީމީ ފެންވަރު %70
- މަސައްކަތު ތަޖުރިބާ %20
- އިންޓަވިއު
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- ކްލެރިކަލް މުވައްޒަފުން ކަނޑައަޅާނީ ކްލެރިކަލް މަސައްކަތަށް އެދޭ ފޯމުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.
- މި މަސައްކަތަށް މީހުން ނެގުމުގައި 40 އަހަރުން ދަށުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ކްލެރިކަލް މަސައްކަތަށް އެދޭ ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ވަނަވަރު (ސީވީ)
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
- ލިބިފައިވާ ތަމްރީނާއި ތަޖުރިބާ ދެނެގަތުމަށް ބޭނުންވާ ލިޔުކިއުންތައް
|
ސުންގަޑި:
|
2023 މެއި 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " ކްލެރިކަލް މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ހ. އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށް ހުށަހެޅުން ނުވަތަ އީ މެއިލް މެދުވެރިކޮށް ނަމަ [email protected] އަށެވެ.
- މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|