އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ރިސަރޗް އޮފިސަރ (ރިސަރޗް އޮފިސަރ ގްރޭޑް 1)

މަޤާމު

ރިސަރޗް އޮފިސަރ (ރިސަރޗް އޮފިސަރ ގްރޭޑް 1 )

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

 1. މުސާރަ: -/12000 ރުފިޔާ
 2. ސަރވިސް އެލަވަންސް:  -/6000 ރުފިޔާ

ޝަރުޠު

 1. ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
 2. ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް ޢިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
 3. އުމުރުން 55 އަހަރު ވެފައިނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

- ކޮރަޕްޝަން ހުއްޓުވުމާ ގުޅޭގޮތުން ހަދާފައިވާ އެކިއެކި ޤާނޫނުތަކާއި ގަވާއިދުތަކާއި، ތައްޔާރުކުރެވިފައިވާ ރިޕޯޓްތައް ދިރާސާކޮށް، އެދިރާސާތަކުގެ އަލީގައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ހިންގަންޖެހޭ ޙަރަކާތްތައް ހިންގުން.

- ދައުލަތުގެ އެކިއެކި އިދާރާތަކުން އެކަށައަޅާ ސިޔާސަތުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުރިނެތް މިންވަރު ބަލައި ދިރާސާކޮށް ރިޕޯޓް ތައްޔާރުކުރުމާއި، ހިންގަންޖެހޭ ޙަރަކާތްތައް ހިންގުން.

- މިކޮމިޝަންގެ މެންޑޭޓްގައި ހިމެނޭ އެކިއެކި ކަންތައްތައް ކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ސަރވޭތައްކޮށް، އެސަރވޭތަކުގެ އަލީގައި ދިރާސާ ރިޕޯޓްތައް ތައްޔާރުކުރުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
 2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
 3. ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
 4. ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 6. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
 7.  އައިޑީ ކާޑުގެ ފޮޓޯކޮޕީ.
 8. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

 1. އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
 2. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
 3. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
 4. ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
 5. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
 6. ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެއެވެ.
 7. ކިޔަވައިދިނުން ނުވަތަ ވާރކްޝޮޕް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015213 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

14 ޖަނަވަރީ 2015
ހޯދާ