ދިވެހިރާއްޖެ
މަޤާމު: ޕިޔޯން
އަދަދު: 01
މުސާރަ: -/4865
ސަރވިސް އެލަވަންސް: -/1000
ނޮން-ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %45
މަޤާމުގެ މަސްއޫލިއްޔަތު: ޓްރައިބިއުނަލުގެ އިދާރީ ކަންކަމާ ގުޅިގެންނާއި، ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ޗިޓުތައް އެފަރާތްތަކަށް ރައްދުކޮށް ދިނުމާއި، ޓްރައިބިއުނަލަށް ހޯދަންޖެހޭ ތަކެތި ހޯދުމުގައި އެހީތެރިވެދިނުން.
ފެންވަރު ނުވަތަ ޝަރުޠު: ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވީމާ މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ13:30ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، އައި.ޑީ ކާޑުގެ ކޮޕީ އަދި މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަރވިއުއަށް ގުޅާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
23 ރަބީޢުލްއައްވަލް 1436