ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯންޑްރީ އަށް ބޭނުންވާ ކެމިކަލްސް/ޑިޓަރޖެންޓް 3 (ތިނެއް) އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯންޑްރީ އަށް ބޭނުންވާ ޑިސްޕެންސަރ އިންސްޓޯލް ކުރުމާއި، މިކަމަށް ބޭނުންވާނެ ތަމްރީނު މުވައްޒަފުންނަށް ފޯރުކޮށްދިނުން އަދި ކެމިކަލްސް/ޑިޓާޖެންޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)KRH-PLD/2022/97 (22 ޑިސެންބަރު 2022) އިޢުލާން ބާޠިލް ކުރުމަށްފަހު މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނައުމަށްފަހު އަލުން ކުރެވޭ އިޢުލާނެކެވެ. މި މަސައްކަތުގެ ތަފްސީލް މި އިޢުލާނާއެކު ގެޒެޓުގައި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ތަފްސީލުކޮށް ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 7 މެއި 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 16 މެއި 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
  3. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  4. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 7 މެއި 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާ ގުޅުންހުރި ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)

  • ތާރީޙް: 21 މެއި 2023 (އާދިއްތަ ދުވަސް)
  • ގަޑި: 11:00 ގައި
07 މޭ 2023
ހޯދާ