ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫގައި މުޅިން އަލަށް ތަޢާރަފުކުރެވޭ ޚިދުމަތެއްކަމުގައިވާ އެއްގަމު އުޅަނދުގެ ލައިސަންސް ނެގުމުގެ ޚިދުމަތް 07 މޭ 2023 އިން ފެށިގެން ހުޅުވާލަމެވެ.
7 މޭ 2023 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޙިދުމަތްތައް ހޯދުމަށް "ސިމްސް ޕޯޓަލް" ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދުމަށް އީފާސް އެކައުންޓު ބޭނުންވާނެއެވެ.
ވީމާ 7 މޭ 2023 އިން ފެށިގެން އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމާއި، ލައިސަންސް އައު ކުރުމާއި، ގިންތި އިތުރުކުރުމުގެ ޚިދުމަތަށް މި ކައުންސިލަށް އެދުމަށް ސިމްސް ޕޯޓަލް ބޭނުންކުރެއްވުން އެދެމެވެ.
އެއްގަމު އުޅަނދު ލައިސަންސް ދޫކުރާ އެގްޒަމިނަރ ފީ އަދި އަވަސް ޚިދުމަތުގެ އަގުގެ ގޮތުގައި ދެންނެވިފައިވާ އުޞޫލުން ފައިސާނެގޭނެއެވެ.
ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނެގޮތުގެ މަޢުލޫމާތު މިއިޢުލާނާގައިވާ ގައިޑް ލިންކް މެދުވެރިކޮށް ޢާންމުކުރެވިފައި އެވަނީއެވެ.
ސައިކަލު ދުއްވުމުގެ އެގްޒަމިނަރ ފީ : -/15 ފަނަރަ ރުފިޔާ
ކާރު އަދި ޕިކަޕް ދުއްވުމުގެ އެގްޒަމިނަރ ފީ : -/25 ފަންސަވީސް ރުފިޔާ
އަވަސް ޚިދުމަތުގެ އަގު : -/500 ސަތޭކަ ރުފިޔާ
ގައިޑް ލިންކް: License User guide .pdf
ޕޯޓަލް ލިންކް: https://sims.transport.gov.mv/login
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޝައްވާލު 1444
4 މޭ 2023