މަޤާމް
|
ކޯޓު އޮފިސަރ
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް
|
ޖީ.އެސް 3
|
މުސާރަ
|
މަހަކު -/4،465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1،500 ރުފިޔާ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް
|
ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓް
|
ތަޢުލީމާއި ތަޖުރިބާ
|
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛
2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް
|
- ކޯޓުގައި ޝަރީޢަތް ހިނގަމުންދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި، އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ، އެކަމެއް ހުއްޓުވުން.
- ކޯޓަށް ހާޒިރުކޮށްފައިތިބޭ މީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް އަޑުގަދަކޮށް ހަދާނަމަ، އެކަން ހުއްޓުވުން.
- ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ އަމުރު) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާއި، ފިލައިގެންއުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުން.
- ޝަރީޢަތުގެ މަޖްލިސް ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ޝަރީޢަތުގެ މަޖިލިހަށް މީހުން ވެއްދުން (މެޖިސްޓްރޭޓްގެ ހުއްދައާއެކު)
- ކޯޓުތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވައި، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ، އެކަމެއް ހުޢްޓުވައި، މަޞްލަޙަތު ޤާއިމްކުރަން މަސައްކަތްކުރުމާއި، މިކަން މެޖިސްޓްރޭޓްގެ ސަމާލުކަމަށް ގެނައުން.
- ކޯޓު އަމުރުގައިވާ ގަޑިއަށް ހާޒިރުނުވާ މީހުން ޖުރިމަނާކުރުމާއި، ޖުރިމަނާ ޗިޓު ތައްޔާރުކޮށްފައި ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިޔުމާއި، ޓައިޕްކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށް އެދޭ ފަރާތްތަކަށް ރިޕޯޓް ދޫކުރުމުގައި އެހީތެރިވެދިނުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރިކައިވެންޏާބެހޭ މައްސަލަތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.
- މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި
|
2015 ޖަނަވަރީ 22 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު، މި ކޯޓަށް ހުށަހެޅުން އެދެމެވެ.
|
އުޖޫރައާއި ޢިނާޔަތްތައް
|
- ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މެޖިސްޓްރޭޓް ކޯޓްތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.justice.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
- ވަޒީފާއެއްގައި އުޅެފައިވާނަމަ، އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.
|
އެހެނިހެން ކަންތައްތައް
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމާއެކު، އަޞްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިނުވާ ލިޔުން ހުށަހަޅާނަމަ، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހެޅި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.
|
އިތުރު ަމޢުލޫމާތު |
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމުލައަށް ބަލައިގެންނެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނަ ތާރީޚާއި ގަޑި، އެފަރާތްތަކަށް މި ކޯޓުން އަންގާނެއެވެ. އިންޓަވިއު އޮންނާނީ މި ކޯޓުގައެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ ނަންބަރު: 6800534 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6800534 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|