މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖެޓީ މަރާމާތު ކުރުމާ ގުޅޭ

           ޖެޓީ މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރުމަށް މިއިދާރާއިން ކުރި އިޢުލާން (IUL)296/296/2023/23 އަށް އެއްވެސް ފަރާތަކުން ކުރިމަތި ލާފައި ނުވާތީ އެޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

          މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 04 މޭ 2023 ފެށިގެން 14 މޭ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ރަޖިސްޓްރީ ކުރެއްވުމަށް އަދި މިމަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރ 6560016 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

          އަންދާސީ ހިސާބު ހުށައަޅުއްވާނީ 2023 މޭ  24 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv   އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

          މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

              14 ޝައުބާން 1444

              04 މޭ 2023

04 މޭ 2023
ހޯދާ