މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް 25 އަހަރަށް ބިން ކުއްޔަށްދޫކުރުން

                  `                  

    

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

 (IUL)313-MI/313/2023/32 :ނަންބަރު

އިޢުލާން  

ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބ. ކުޑަރިކިލުގެ ބަނދަރު ސަރަހައްދުން ބިމެއް 25 އަހަރަށް ކުއްޔަށް ދޫކުރުމާ ގުޅޭ

 

  މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގެ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް 1500 އަކަފޫޓުގެ ބިމެއް، 25 އަހަރަށް ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ. 04 މެއި 2023 އިންފެށިގެން 04 ޖޫން 2023ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާއިން ބިޑްފޮތް ލިބެން ހުންނާނެއެވެ. ބިޑްފޮތް ދޫކުރެވޭނީ ބިޑްފޮތަށް އެދި ފޯމް ހުށަހެޅުމުންނެވެ. މި ފޯމް ހުށަހަޅާއިރު ބިޑްފޮތުގެ ސޮފްޓް ކޮޕީއެއް ބޭނުންފުޅުވާނަމަ ބިޑްފޮތަށް އެދޭ ފޯމް ހުށަހަޅާއިރު އީމެއިލްގެ ޒަރިއްޔާއިން ބިޑްފޮތް ފޯރުކޮށްދިނުމަށް އެދެންވާނެއެވެ.

ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ފޯމް ހުށަހަޅާފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑްފޮތަށް، 22  މެއި 2023 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. ކައުންސިލުން ބިޑްފޮތަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ފޮތް ނަންގަވާފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތައް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ.

ބިލާން ހުށަހެޅުމާއި، ހުޅުވުން:

14 ޖޫން 2023 ވަނަދުވަހުގެ 11:00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،  24 މެއި 2023 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރައްވާނަމަ،    [email protected] މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

 

    

 

 

 

 

 

 

 

   

ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑްގެ 1 އޮރިޖިނަލް އޮންނަ ގޮތަށެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގެ  ބޭރުގައި ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ ." ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް، 14 ޖޫން 2023 "  ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

              13 ޝައްވާލު  1444

              04  މެއި   2023

04 މޭ 2023
ހޯދާ