މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

(މި މިނިސްޓްރީން 20 ނޮވެންބަރު 2014 ގައި ކުރި ނަންބަރު 22/2014/119/D-22(IUL) ގެ ޢިއުލާނާ ގުޅިގެން އެ މަޤާމަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާނު ވަނީ ބާޠިލްކުރެވިފައެވެ.)

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު: 1               

ރޭންކް: އެމް. އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސިވިލް ވޯކްސް ޔުނިޓް، ޕްރޮކިއުމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ                              

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސެކްޝަނުން ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ނޯތު ޒޯނުގައި ހިމެނޭ ސްކޫލްތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، އެ ސްކޫލްތަކުން ފޮނުވާ ރިކުއެސްޓްތަކަށް، ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު ފޮނުވައި، ރެކޯޑުތައް ބެލެހެއްޓުން.
  2.  ނޯތު ޒޯނުގެ ސްކޫލުތަކުގައި މި މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ހަދަންޖެހޭ ސައިޓް ވިޒިޓްތައް ހެދުމާއި، ޕްރޮގްރެސް މީޓިންގތަކުގައި ބައިވެރިވުމާއި، މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، ސެކްޝަނުގެ ވެރިޔާއަށް އެކަން އެންގުން.
  3. ނޯތު ޒޯނުގެ ސްކޫލްތަކުގެ ޢިމާރާތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލުގެ ޙާލަތު ދެނެގަނެވޭނެ ރިޕޯޓެއް ބޭނުންވެއްޖެ ހިނދެއްގައި އެ ސްކޫލަކަށް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރިޕޯޓް ތައްޔާރުކުރުމާއި، އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް، ވެރިއެއްގެ ލަފަޔާ އެއްގޮތަށް އެޅުން.
  4. ޕްރޮޖެކްޓަކާ ގުޅޭގޮތުން ވޭރިއޭޝަނުގެގޮތުގައި މަސައްކަތެއް ކުރަންޖެހިއްޖެނަމަ، އެކަމަށް އެދި ހުށަހެޅުމުން އެކަންތައް ބަލައި އެޕްރޫވްކުރުން.
  5. ނޯތު ޒޯނުގެ ސްކޫލްތަކުގައި ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޢިމާރާތްކުރުމުގެ މަސައްކަތާ ގުޅިގެން ކޮންޓްރެކްޓަރުން ފޮނުވާ ބިލްތައް ޗެކްކޮށް، އިންޓަރިމް ތައްޔާރުކޮށް، އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއިން ފޮނުވާ އިންޓަރީމްތައް ޗެކްކުރުން.
  6. ސެކްޝަނުން ޓެންޑަރކުރުމަށް ބޭނުންވާ ނޯތު ޒޯނުގެ ސްކޫލްތަކުގެ ޕްރޮޖެކްޓްތައް ޓެންޑަރކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި ސްޕެސިފިކޭޝަންތައް، ކަމާބެހޭ ބޭފުޅުންގެ ލަފަޔާ އެއްގޮތަށް ތައްޔާރުކޮށް، އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއަށް ފޮނުވަން ކަނޑައަޅާ ޕްރޮޖެކްޓްތައް އެ އޮފީހަށް ފޮނުވުމާއި، މިނިސްޓްރީން ކުރިއަށްގެންދަން ކަނޑައަޅާ ޕްރޮޖެކްޓްތައް ޕްރޮކިޔުމެންޓް ޔުނިޓަށް ފޮނުވުމާއި، ޓެންޑަރކުރުމަށް އިތުރަށް ބޭނުންވާ މަޢުލޫމާތު އެފަރާތްތަކަށް ދިނުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.
  7. ކުރިއަށްއޮތް އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނަން ބޭނުންވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެއްކޮށް، ސެކްޝަން ހިންގަވާ ވެރިއެއްގެ ލަފަޔާ އެއްގޮތަށް ތައްޔާރުކޮށް، ބަޖެޓް ތައްޔާރުކުރާ ސެކްޝަނަށް ފޮނުވުން.
  8. މިހާތަނަށް ކުރެހިފައިހުރި ސްކޫލުތަކުގެ ކުރެހުންތައް ރައްކާތެރިގޮތަކަށް ބެލެހެއްޓޭނެ އިމްތިޒާމް ރާވައި، އެކަން ހަމަޖެއްސުން.

ޝަރުޠު:                                                

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015ފެބުރުވަރީ 1 އާއި 5 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvއިން ޑައުންލޯޑް ކުރެވެނޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 27 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.

28 ރަބީޢުލްއައްޥަލް 1436

19 ޖަނަވަރީ 2015
ހޯދާ