ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާސް ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ނަންބަރު: 258/258/2023/78(IUL)                                 

 

އިޢުލާން

    

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާސް ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާސް ހިންގަދޭނެ ފަރާތެއް ހޯދަން  ކުރި ނަންބަރު 258/258/2023/11(IUL)  އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެއް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފްކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

 

ތަފްސީލް

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

15 މެއި 2023

10:30

އަންދާސީ ޙިސާބުހުޅުވުން

24 މެއި 2023

10:00

 

ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 ޝައްވާލް 1444

04 މެއި 2023

04 މޭ 2023
ހޯދާ