މަގާމް:
|
ސިސްޓަމް އެޑްމިނިސްޓްރޭޓަރ
|
ބޭނުންވާ ޢަދަދު:
|
01
|
މަގާމުގެ ކުލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގރ2
|
މަގާމުގެ ރޭންކް:
|
MS2
|
މަގާމުގެ ގިންތި:
|
ދާއިމީ
|
ވަޒިފާއަދާ ކުރަންޖެހޭ ތަން:
|
ކައުންސިލް ޑިޖިޓަލައިޒޭޝަން ސެކްޝަން/ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މާލެ
|
އަސާސީ މުސާރަ:(މަހަކު)
|
6,295.00ރ
|
ސަރވިސް އެލަވަންސް:(މަހަކު)
|
2,000.00ރ
|
އެހެނިހެން އެލަވަންސް:(މަހަކު)
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް(މަހަކު):
|
އަސާސީ މުސާރައިގެ %35 (ތިރީސް ފަހެއް) އިންސައްތަ
|
ލިވިންގ އެލަވަންސް (މަހަކު):
|
3,000.00ރ (ޕްރޮބޭޝަނަށް ފަހު)
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަގާމުގެ އަސާސީ ޝަރުތު:
|
1) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.
ނުވަތަ
2) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން މައުލޫމާތު:
|
- މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 8ގެ ސަނަދެވެ. އަދި ލެވެލް 9އިން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ.
- މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑުއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.
- ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްތަކާއި އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ އޮންލައިން ސިސްޓަމްތައް ދެނެގަނެ ފަރުމާކޮށް ބޭނުންވާ މައުލޫމާތު އެއްކޮށް ކަމާގުޅޭ ކަރުދާސްތައް އެކުލަވާލުމާއި ރޯލްއައުޓުކުރުމަށް ބޭނުންވާ މީހުން (ތަމްރީން ދޭ މީހުން) ތަމްރީންކުރުމާއި ރޯލްއައުޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކައުންސިލްތަކާއި އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޑިވެލޮޕްކުރެވޭ މޮޑިއުލް/ޕޯޓަލް/އެޕްލިކޭޝަންތަކުގެ ޔޫޒާރސްތައް ކްރިއޭޓްކޮށް ބެލެހެއްޓުން.
- ކައުންސިލްތަކާއި އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޑިވެލޮޕްކުރެވޭ މޮޑިއުލް/ޕޯޓަލް/އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ރަނގަޅުކުރުމުގެ ދިރާސާތައްކުރުން.
- ކައުންސިލްތަކާއި އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމަށް ޑިވެލޮޕްކުރެވޭ މޮޑިއުލް/ޕޯޓަލް/އެޕްލިކޭޝަންތައް އަޕްގްރޭޑްކުރުމަށް ޑިވެލޮޕަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސިލްތަކުގައި ބޭނުންކުރާ ރަސްމީ މެއިލް އާއި މުވައްޒަފުން ބޭނުންކުރާ ރަސްމީ މެއިލްއަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުން.
- އީ-ސަރވިސަސް އަދި އޮންލައިން ޕްލެޓްފޯމްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލްތަކަށް ދިނުން.
- ޑިޖިޓަލއިޒޭޝަން ސެކްޝަނާއި ގުޅޭ ފޯންކޯލް/މެއިލް/ސިޓީތަކަށް ޖަވާބުދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ސެކްޝަނާ ގުޅުން ހުރި ޕްލޭންތަކާއި ޕޮލިސީތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
- އެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
- އޮފީހުގެ ކަންކަން ޤާނޫނީ ގަވާއިދާ އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ހަރަކާތްތެރިވުމާއި އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާހައުލެއް އުފެއްދުން.
- ތައްޔާރުކުރެވިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކުރުން.
- މިނޫންވެސް އޮފީހުން ހަވާލުކުރެވޭ އޮފީހާއި ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
- ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
- ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ
ނޯޓް:
- ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓްލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
- ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.
|
މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
|
- މަގާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
-
- ތަޢުލީމާއި ތަމްރީން: %40
- މަސައްކަތު ތަޖުރިބާ:% 12
- ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48
- މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 11 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- އިއުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
އިތުރު މައުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޤާމަށް ކުރިމަތިލީ ފަރާތްތަކުން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
- ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ
- އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.
|