ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ކުއްލިއްޔާގެ 2015 ވަނައަހަރު ތިރީގައިމިވާ ދާއިރާތަކުން ކޮންޓްރެކް އުސޫލުން ކިޔަވައިދޭނެ އެސިސްޓެންޓް ލެކްޗަރަރއިން ބޭނުންވެއްޖެއެވެ.
މަޤާމު |
އެސިސްޓެންޓް ލެކްޗަރަރ |
|||
ބޭނުންވާ އަދަދު |
66 (ފަސްދޮޅަސް ހައެއް) |
|||
މުސާރަ |
|
|||
މަޤާމު އޮތް އޮފީސް |
ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ |
|||
މަސައްކަތް ހަމަޖެހިފައިވާ ތަން: |
ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ |
|||
ސެކްޝަން/ ޔުނިޓް |
ފެކަލްޓީތައް / ސެންޓަރުތައް |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1- ކަނޑައެޅިފައިވާ ގޮތުގެމަތިން އެކިފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން. 2- ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ތައްޔާރުކުރުމާއި އެސެސްކުރުން. 3- ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން. 4- ޓިއުޓޯރިއަލާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން. 5- ދަރިވަރުންނާއެކު ކިޔަވައިދޭ މާއްދާތަކާ ބެހޭގޮތުން މަޝްވަރާތައް ބޭއްވުން. 6- ދަރިވަރުންގެ އަޚްލާޤާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި ޖިސްމާނީ ދުޅަހެޔޮކަމަށް އަޅައިލުން. 7- ކުއްލިއްޔާގެ ދަރިވަރުންނާ ގުޅޭ ކޯކަރިއުލަރއާއި އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީސްތައް ރާވައި ހިންގުމުގައި ކުއްލިއްޔާއަށް އެހީތެރިވުން. |
|||
މަޤާމުގެ ޝަރުޠުތައް: |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|||
ބޭނުންވާ ދާއިރާއާއި އަދަދު |
މާއްދާ |
ބޭނުންވާ ޢަދަދު |
މާއްދާ |
ބޭނުންވާ ޢަދަދު |
- ޤުރްއާން - ޢަރަބިބަހާއި ޢަރަބިބަހުގެ މާއްދާތައް - އުޞޫލް ފިޤްހު - ލީގަލް ސްކިލްސް އެންޑް ރިސަރޗް މެތޮޑޮލޮޖީ - އަލްޙުދޫދް ވަލް ޖިނާޔާތު - އެޑްމިނިސްޓްރޭޓިވް ލޯ - ކޮމާޝަލް ލޯ - ކްރިމިނަލް ލޯ - ކޮންސްޓިޝިއުނަލް ލޯ - އިންޓަރނޭޝަނަލް މެރިޓައިމް ލޯ - ލޯ އޮފް ޓޯރޓް - އަލްޢަޤްޟިޔާ ވައްޝަހާދާތު |
5 17 6
3 1 1 1 1 1 1 2 1 |
- އިންގްލިޝް ފޯރ ލޯ - އިންޓްރޮޑަކްޝަން ޓު ލޯ - ލޭންޑް ލޯ - ލޯ އޮފް ކޮންޓްރެކްޓް - ހިސާބު - އަލްޢިލާޤާތު އައް ދައުލިއްޔަތު - އަލްޢަޤީދާ އަލް އިސްލާމިއްޔާ - ފިޤްހުލް ޢިބާދާތު - އުލޫމުލް ޤުރްއާން - އައްތަފްސީރު އަލް މަޢުޟޫޢީ - ފުނޫން އައްތިލާވާ - އައްޘަޤާފާ އަލް އިސްލާމިއްޔާ - މަބާދިއުއް ޝަރީޢާ |
3 3 1 5 1 1 1 1 1 2 2 2 1 |
|
އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- މަތީގައި ދެންނެވުނު ޝަރްޠުތަކުގެ އިތުރުން، ކިޔަވައިދިނުމުގެ ތަޖުރިބާ ހުރުން. - ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު. |
|||
ހުށަހަޅަންޖެހޭ ތަކެތި:
|
1- ފުރިހަމަކޮށްފައިވާ، ރިސޯސް ލެކްޗަރަރުން ފުރިހަމަކުރަންޖެހޭ ފޯމް (މި ފޯމު، ކުއްލިއްޔާގެ އިދާރާއިން ލިބޭނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ކޮޕީ) 3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 5- ވަނަވަރު (ސީވީ). |
|||
ވަޒީފާއަށް އެދޭ ފޯމް ފޮނުއްވަންވީ ތާރީޚު: |
2015 ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކުއްލިއްޔާގެ އިދާރާއަށް (މުއްދަތު ހަމަވުމުންވެސް، މަޤާމުތަކަށް މީހުން ހަމަނުވާނަމަ، ފޯމް ބަލައިގަނެވޭނެއެވެ.) |
|||
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ކުއްލިއްޔާގެ ފޯނު ނަންބަރު 3321295 އަށް ގުޅުން އެދެމެވެ. |
23 ރަބީޢުލްއައްވަލް 1436