ދިވެހިރާއްޖެ
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، އެކްސްޓެންސިވް އޮޑިޓް (އޮފިސަރ، SO1) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ރިސްކް އެސެސްމަންޓް (އޮފިސަރ، SO1) | |
---|---|
ބޭނުންވާ އަދަދު :1 | |
މި އޮތޯރިޓީގެ ނަންބަރު (IUL)220-HMS/1/2023/41 (12 އެޕްރީލް 2023) އިއުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، އަލުން އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.
މަގާމު: |
ސީނިއަރ ޓެކްސް އޮފިސަރ، އެކްސްޓެންސިވް އޮޑިޓް(އޮފިސަރ، SO1) |
|
އަދަދު: |
1 |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ރިސްކް މެނޭޖްމަންޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް / އިންވެސްޓިގޭޝަން ޑިވިޜަން / އެކްސްޓެންސިވް އޮޑިޓް ސެކްޝަން |
|
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
|
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
|
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ޓެކުހާ ގުޅޭގޮތުން ޖިނާއީ ތަހުގީގުކުރެވޭ ފަރާތްތަކުގެ ތެރެއިން އެކްސްޓެންސިވް އޮޑިޓްކުރުމަށް ކަނޑައަޅާ ކޭސްތަކުގެ އޮޑިޓް ޕްލޭން ތައްޔާރުކުރުމާއި، އޮޑިޓް ޕްލޭނާ އެއްގޮތަށް އެކްސްޓެންސިވް އޮޑިޓްގެ މަސައްކަތްތައްކުރުމާއި، އޮޑިޓާ ގުޅިގެން ތިންވަނަ ފަރާތްތަކުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދައި ދިރާސާކުރުމާއި އަދި މިނޫންވެސް އެކްސްޓެންސިވް އޮޑިޓް ކުރުމުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން. |
|
ޝަރުޠު: - އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން؛ ނުވަތަ، - އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު 2 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން؛ ނުވަތަ، - އޭ.ސީ.ސީ.އޭ 7 ޕޭޕަރު / އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނިންމާފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން. |
||
މަގާމު: |
ސީނިއަރ ޓެކްސް އޮފިސަރ، ރިސްކް އެސެސްމަންޓް (އޮފިސަރ، SO1) |
|
އަދަދު: |
1 |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ރިސްކް މެނޭޖްމަންޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް / ރިސްކް މެނޭޖްމަންޓް ޑިވިޜަން / ރިސްކް އެސެސްމަންޓް ސެކްޝަން |
|
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
|
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
|
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާގެ އެކި ޑިޕާޓްމަންޓްތައް މެދުވެރިކޮށް، ޓެކްސް ނިޒާމުގައި ހުރިކަމަށް ފާހަގަކުރެވޭ ކޮމްޕްލަޔަންސް ރިސްކްތައް ދެނެގަނެ އެ ރިސްކްތައް ބަލައި ދިރާސާކުރުމާއި، ކޮމްޕްލަޔަންސް ރިސްކްތައް މަދުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، ވަކިވަކި ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި ރިސްކްތައް ދެނެގަތުމުގެ ގޮތުން ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކާއި، މާލީ ހިސާބުތަކާއި، އެހެނިހެން މައުލޫމާތުތައް ހޯދައި އެނަލައިޒްކުރުމާއި އަދި މީގެ އިތުރުންވެސް ކޮމްޕްލަޔަންސް ރިސްކް އެސެސްމަންޓް ހެދުމުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން. |
|
ޝަރުޠު: - އެކައުންޓިންގ، ބިޒްނަސް، އިކޮނޮމިކްސް، ސްޓެޓިސްޓިކްސް، ޑޭޓާ އެނަލިޓިކްސް، ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން؛ ނުވަތަ، - އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު 2 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން؛ ނުވަތަ، - އެކައުންޓިންގ ބިޒްނަސް، އިކޮނޮމިކްސް، ސްޓެޓިސްޓިކްސް، ޑޭޓާ އެނަލިޓިކްސް، ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ 7 ޕޭޕަރު ނިންމާފައިވުމާއެކު؛ 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން.
|
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
- މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2023 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv