އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކުނިގޮނޑުގައިވާ ކުނި ތިލަފުއްޓަށް ގެންދާނެ ފަރާތެއް ހޯދުން

އިޢުލާން

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކުނިގޮނޑުގައިވާ ކުނި ތިލަފުއްޓަށް ގެންދާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:             

            މިރަށު ކުނިގޮނޑުގައިވާ ދަގަނޑު، މުށި އަދި ޕްލާސްޓިކްފަދަ ބާވަތްތަށް ތިލަފުއްޓައް ގެންދާނެފަރާތެއް ހޯދުމަށް ކުރެވުނު

ނަންބަރު (IUL)348-EM/348/2023/7އިޢުލާނު ބާތިލްކޮށް އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

ބިޑް ރަޖިސްޓްރީ ކުރުން

            މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2023 މެއި 4 ވާ ބުރާސްފަތި ދުވަހުން

ފެށިގެން 2023 މެއި 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ

ކުރުމަށްފަހު ފޮނުއްވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލް މެދުވެރިކޮށް ފޮނުވޭނެވާހަކަ ދަންނަވާލަމެވެ.

ރަޖިސްޓަރީވުމަށް: https://forms.office.com/r/jYVHpU18hA

           މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ

ކުރެވިފައިވާ ފަރާތްތަކަށެވެ.

           އަންދާސީ ހިސާބު ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ،

އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު

އެނގޭނޭ ގޮތަށް ލިޔެފައި ފޮނުވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ޕްރީ ބިޑް މީޓިންގ

މި ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 މެއި 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:30 ގައި ކައުންސިލް އިދާރާގެ

މީޓިންގ ރޫމްގައެވެ.

 

 

ބިޑް ހުށަހެޅުން

          މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2023 މެއި 17 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން އަރިއަތޮޅު

ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާއަށެވެ. 2023 މެއި 17 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް

ބަލައި ނުގަނެވޭނެކަން އަންގަމެވެ. ބީލަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އެ ނޫން ގޮތަކަށް ހުށަހަޅާ ބީލަން ބަލައި

ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް ހުޅުވުން

          މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2023 މެއި 17 ވާ ބުދަ ދުވަހު ހެނދުނު 10:05 ގައި އަރިއަތޮޅު ދެކުނުބުރީ

އޮމަދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު ތަފްސީލް:

މި މަސައްކަތަށް އެދި ހުށައެޅޭނެ އެންމެ މަތީ އަގަކީ -/50،000 (ފަންސާސް ހާސް) ރުފިޔާއެވެ.

 

ތިލަފުއްޓަށް ގެންދަންޖެހޭ ތަކެތި:

  • ކުނިގޮނޑުގައި ޖަމާވެފައިހުރި ހުރިހާ ދަގަނޑުގެ ބާވަތްތަށް
  • ހުރިހާ މުށީގެ ބާވަތްތަށް
  • ހުރިހާ ޕްލާސްޓިކްގެ ބާވަތްތަށް

މި ކުނިތަށް 2023 ޖޫން 10 އެއްގެ ކުރިން ގެންގޮސް ނިންމަން ވާނެއެވެ.

ނޯޓް: ތިލަފުއްޓަށް ގެންދިއުމަށްފަހު ތިލަފުށިން ދޫކުރާ ސްލިޕް ކައުންސިލް އިދާރާއާއި ހަވާލުކުރުން.

    އަދި ދޯންޏަށް ތަކެތި އެރުވުމުގައި ކައުންސިލްގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

3 މެއި 2023

03 މޭ 2023
ހޯދާ