ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދާންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ބަގީ ގަތުމާއި ބެހޭ

ގއ.ދާންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ބަގީއެއް ގަތުމަށް މި އިދާރާގެ ނަންބަރު: (IUL)410/410/2023/21 (04 އެޕްރީލް 2023) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ އެ ނަންބަރު އިޢުލާން ބާތިލްކޮށް އަލުން ބަގީގަތުމަށް އިޢުލާން ކުރީމެވެ.

#

އައިޓަމް

ބޭނުންވާ އަދަދު

ސްޕެސިފިކޭޝަން

1

6 ޝީޓްގެ ބަގީ އެއް

1

Buggy:

Seating Capacity:  06 persons

Fuel type: Electric

Frame: Aluminium Alloy Structure

Total capacity: 680KG

ވީމާ، މިތަކެތި ދާންދޫ ކައުންސިލްގެ އިދާރާއަށް ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކު ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކޯޓޭޝަނުގައި ހުންނަންޖެހޭ މަޢުލޫމާތު:

1-      ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ / ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )

2-      ވެހިކަލްގެ ތަފްސީލް.

3-      ވެހިކަލްގެ ކުލަ ފޮޓޯ.

4-      ވެހިކަލްގެ އަގު (ދިވެހި ރުފިޔާއިން).

5-      ވެހިކަލް ފޯރުކޮށްދޭނެ މުއްދަތު.

6-      ވެހިކަލްގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.

7-      މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.

 

މާކްސް ދެވޭގޮތުގެ ކްރައިޓީރިއާ:

  • އަގު % 70
  • ތަޖުރިބާ % 10
  • ތެކެތި ކައުންސިލްއަށް ފޯރުކޮށްދޭ މުއްދަތު % 10
  • ވޮރަންޓީ މުއްދަތު % 10

 

ކޯޓޭޝަން ހުށަހެޅުމާއި ބަލައިގަތުން:

  • ކޯޓޭޝަން ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
  • ހުށަހަޅާނީ 10 މެއި 2023 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން އިދާރާގެ މެއިލް [email protected] އަށެވެ.
  • އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ ހޮޓްލައިން ނަންބަރު 7330026 ގުޅައިގެން މައުލޫމާތު ސާފުކުރެއްވުން އެދި ދަންނަވަމެވެ.

       މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

03 މޭ 2023
ހޯދާ