މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން

              މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މިއިމްތިޙާނު އޮންނާނީ މިކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

އަންހެން އެގްޒަމިނަރުން:

ބޭނުންވާ ޢަދަދު: 02

ފިރިހެން އެގްޒަމިނަރުން:

ބޭނުންވާ ޢަދަދު 02

 އެގްޒަމިނަރުންގެ ޝަރުތު:

1- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްA1, A, B1, C1, C3, C4 ކެޓަގަރީތައް ދުއްވުމުގެ ހުއްދައޮތް މީހަކު ކަމުގައިވުން.

2- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

3- ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން.

4- ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން.

5- ވެލިދޫ ކައުންސިލް އިދާރާގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

6- ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

7- ރަށުގައި ދިރިއުޅޭ ޤާއިމްވެ ހުންނަ މީހަކަށްވުން.

 އުޖޫރަ

  • ޓެސްޓް ކުރާ ކޮންމެ  A0, A1 ކެޓެގަރީގެ އުޅަނދަކަށް -/35 ރުފިޔާ.
  • އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/50 ރުފިޔާ.
  • އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އަދި  ރަށުގައި ދިރިއުޅޭ ރަށުގައި ޤާއިމްވެ ހުންނަ މީހުންނަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  •  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  •   އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ (މުއްދަތު ހަމަނުވާ) އަދި ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ.

                       ވީމާ، މިކަމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން 11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އެގްޒަމިނަރުކަމަށް އެދި ހުށަހަޅާ ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

13  ޝައްވާލް 1444

03 މޭ 2023
ހޯދާ