މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ އެގްޒެކެޓިވް ގޮޑި އަދި މީޑިއަމް ބެކް ގޮޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

މާލެ އަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ އެގްޒެކެޓިވް ގޮޑި އަދި މީޑިއަމް ބެކް ގޮޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

      މިކައުންސިލަށް ބޭނުންވާ އެގްޒެކެޓިވް ގޮޑި އަދި މީޑިއަމް ބެކް ގޮޑި ހޯދުމަށް ކުރެވުނު ނަންބަރު: (IUL)333/333/2023/37 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ މިމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  2023 މެއި 08 ވަނަ ދުވަހު 14:00 ގެ ކުރިން މިއިދާރާގެ މިއިދާރާ އީމެއިލް ([email protected])   އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް 2023 މެއި 08 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 މެއި 11 ވަނަ ދުވަހުގެ 11:00 އަށް ޕޮރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 މޭ 2023
ހޯދާ