މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑެޓް މެނޭޖްމަންޓް ސްޕެޝަލިސްޓް-ބެކް އޮފީސް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

ޕްރޮޖެކްޓް އައި.ޑީ: P145317

ޑެޓް މެނޭޖްމަންޓް ސްޕެޝަލިސްޓް-ބެކް އޮފީސް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ޑެޓް މެނޭޖްމަންޓް ސްޕެޝަލިސްޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަނުން މެނޭޖްކުރާ ދައުލަތުގެ ދަރަނި ޞައްޙަ ގޮތެއްގައި މެނޭޖްކުރުމުގައި ގެންގުޅޭނެ ގޮތްތައް ކަނޑައަޅައި، އަދި މީގެ ސަބަބުން ދައުލަތުގެ ދަރަނި މެނޭޖްކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. 

ޑެޓް މެނޭޖްމަންޓް ސްޕެޝަލިސްޓަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ:

1. މިމަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

2. ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޑެޓް މެނޭޖްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން

3. ކޮމަންވެލްތް ޑެޓް ރެކޯޑިންގ ސިސްޓަމް ބޭނުންކުރަން އެނގުން

4. ޑޭޓާ މެނޭޖްމަންޓުގެ ތަޖުރިބާ ލިބިފައިވުން، ޚާއްޞަކޮށް އެސް.ކިއު.އެލް ބޭނުންކުރަން އެނގުން  

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީން ހުޅުވާލަމެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަނގައިދިނުމުގެ ގޮތުން  ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފްސީލް، މިފަދަ މާހަލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރެއް ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން ވާރލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން  ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިމަސައްކަތުގެ މުއްދަތަކީ ދެ (2) މަސްދުވަހެވެ. މިމަސައްކަތަށް ހޮވޭ ފަރާތް ފެބުރުވަރީ/މާރިޗު 2015ގައި މަސައްކަތް ފަށަންވާނެއެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރްމްސް އޮފް ރިފަރެންސް (ޓީއޯއާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ފެބުރުވަރީ 2015ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މުޙައްމަދު ޔާމިން

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349398 ،3349101،

ފެކްސް: 3320706 ،3324432،

އީމެއިލް: [email protected]

[email protected]               

19 ޖަނަވަރީ 2015
ހޯދާ