މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ސަބްސްޓޭންޑަޑް (ތަޣައްޔަރު ވެފައިވާ)GUAIFENESIN SYRUP TG އާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                 

މިނިސްޓްރީ އޮފް ހެލްތު                                                            

މާލެ، ދިވެހިރާއްޖެ

    (IUL)182-REG/23/2023/7  :ނަންބަރ                                                                                                            

  އެލާރޓް

ސަބްސްޓޭންޑަޑް (ތަޣައްޔަރު ވެފައިވާ)GUAIFENESIN SYRUP TG  އާއި ގުޅޭ

                            

ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "diethylene glycol and ethylene glycol” ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާތީ، މީގެ ކުރިންވެސް މިއޮތޯރިޓީގެ ފަރާތުން 3 އެލާޓް ވަނީ ޕަބްލިޝް ކޮށްފައެވެ. އެއީ  182-REG/CIR/2022/06އާއި 182-Enf/CIR/2022/09  އަދި (IUL)182-REG/23/2023/1  އެވެ.

  

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެލާރޓް ނަންބަރު RPQ/REG/ISF/Alert N°4/2023 އިން ކުރެއްވި އިތުރު އެލާޓްއެއްގައިQP PHARMACHEM LTD (Punjab, India)  އިން އުފައްދާފައިވާ GUAIFENESIN SYRUP TG  ގައިވެސް މަތީގައި ދެންނެވުނު މާއްދާ ހުރި ކަމަށް ވަނީ އެލާޓް ކުރައްވާފައެވެ.

               

މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް  ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއެއް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ، މިއޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.

03 މޭ 2023
ހޯދާ