ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިމަރުކަޒުން ބަލަހައްޓަމުންގެންދާ ފިރިހެނުންގެ ބޯކޮށައި ތުނބުޅި ބާލައިދޭނެ ފަރާތެއް ހޯދުމަށް ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު HPSN-IL/2014/03ފ(23 ސެޕްޓެންބަރު 2014) އާ ގުޅިގެން ހުށާހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތުތައް ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަރުކަޒުން ބަލަހައްޓަމުންގެންދާ ފިރިހެނުންގެ ބޯކޮށައި ތުނބުޅި ބާލައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމަރުކަޒަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވަޑައިގަނެވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ރަބީއުލްއައްވަލް 1436