ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި އެއްގޮތަށް މި އޮތޯރިޓީގައި ބޭނުންކުރާ Xerox 7800 Toners އެއް އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެގެން 27 ފެބުރުވަރީ 2023 ގައި ގެޒެޓް ކޮށްފައިވާ ނަންބަރު (IUL)220-AS/1/2023/19 އިޢުލާނާއި ގުޅިގެން މި ދަންނަވާ ތަކެތި/ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ އަންދާސީހިސާބުތައް މިއޮތޯރިޓީގެ ޓެކްނިކަލް މިންގަނޑު ތަކަށް ނުފެތޭތީ ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
09 މޭ 2023 |
އަންގާރަ |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
11 މޭ 2023 |
ބުރާސްފަތި |
11:00 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- އިޢުލާނު ނަންބަރު
- ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު، އަމިއްލަ ފަރުދެއްނަމަ ވިޔަފާރީގެ ނަމާއި ވެރިފަރާތުގެ ނަން އަދި އައިޑީ ކާޑު ނަންބަރު)
- ފޯނު ނަންބަރު
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުމުން ނުވަތަ ރަޖިސްޓްރޭޝަން އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން [email protected] މެދުވެރިކޮށް އަންގާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށް އެދި ފޮނުއްވާ މަޢުލޫމާތު ނުވަތަ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 09 މޭ 2023 ވާ އަންގާރަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019611, 3339513 އަށް ގުޅުއްވުން އެދެމެވެ.