ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގެ ގއ. ވިލިނގިލި ގޮފި ހިނގަމުންދާ ޢިމާރާތް ފޮޅައި ސާފުކުރުމާއި އެހެނިހެން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2014/54) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިވާތީއާއި، ހުށަހަޅުއްވާފައިވާ އަންދާސީހިސާބު ބޮޑުކަމަށް ފާހަގަކުރެވޭތީ އެއަންދާސީހިސާބު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ގއ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ގއ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ގއ. އަތޮޅު ގޮފި ހިނގަމުންދަނީ ގއ.އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3000655 ފޯނާއި، ނުވަތަ ގއ. އަތޮޅު ގޮފީގެ ނަންބަރު: 6820060 ފޯނާ ގުޅުއްވުން އެދެމެވެ.

28 ރަބީޢުލްއައްވަލް 1436

19 ޖަނަވަރީ 2015
ހޯދާ