މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މި ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓަށް، ތިރީގައިމިވާ މަޤާމްތަކަށް، މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު ދިވެހި މުވައްޒަފުން ބޭނުންވެއެވެ.    

#

މަޤާމް

 އަދަދު

ޝަރުތު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

1

ސުޕަވައިޒަރ

5

  •  ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައިވުމާއެކު، މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

5220.00ރ.އިން 5910.00 ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި، މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓް ތައްޔާރުކުރުން.

2

އެސިސްޓަންޓް ސުޕަވައިޒަރ

2

  • ކޮންސްޓްރަކްޝަން ދާއިރާގައި 1-3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ޤާބިލްކަން ހުރުން.  
  • ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ.އިން 5690.00 ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި، މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓް ތައްޔާރުކުރުމާއި، މިކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

3

އެސިސްޓަންޓް ސައިޓް އޮފިސަރ

22

  • ޖީ.ސީ.އީ އޭ ލެވްލް ނުވަތަ ޖީ.ސީ.އީ އޯ ލެވްލް
  • މިފަދަ ދާއިރާއަކުން 1-3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ.އިން 5050.00 ރ.

ސައިޓުގެ އެންމެހައި އިދާރީ މަސައްކަތްކުރުމާއި، މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.

4

ޑައިވަރ

1

  • އޯޕަން ވޯޓަރ ޑައިވިންގ ލައިސަންސް

4400.00ރ.އިން 4720.00 ރ.

ޑިޕާޓްމަންޓްގެ ސަރވޭ މަސައްކަތަށް ބޭނުންވާ ކަންކަން ދިރާސާކޮށް، ރިޕޯޓް ތައްޔާރުކުރުން.

5

މެކޭނިކް

3

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓް އިން މެކޭނިކަލް އިންޖިނިއަރިންގ.
  • މަދުވެގެން 2 އަހަރު ދުވަހުގެ ހައިޑްރޯލިކް އިންޖީން، ހެވީ ވެހިކަލް، ކްރޭން، އެކްސްކަވޭޓަރ ފަދަ އިންޑަސްޓްރިއަލް ވެހިކަލް މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ކެޓަޕިލާ، ކޮބެލްކޯ، ނިސާން ޑިސަލް މަރުކާގެ މެޝިނަރީ މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ.އިން 4720.00 ރ.

ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

 

6

ޑްރައިވަރ

7

  • CO ކެޓަގަރީގެ ލައިސަންސް ލިބިފައިވުން.

4400.00ރ.އިން 4720.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތެއްގެމަތިން ޑަމްޕް ޓްރަކް އޮޕަރޭޓްކުރުމާއި،  އުޅަނދުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމާއި، ޓްރާސްޕޯޓުގެ ޤަވާޢިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

7

އިލެކްޓްރީޝަން

2

  •  އިލެކްޓްރިޝަން ލައިސަންސްއާއެކު 2-3 އަހަރު ދުވަހުގެ އިލެކްޓްރިކަލް ޓްރޭޑް މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4400.00 ރ. އިން 4720.00 ރ.

ރަނގަޅު ފެންވަރުގައި އިލެކްޓްރިކަލް މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

 

8

ޕްލަމަރ

4

  • 1-3 އަހަރު ދުވަހުގެ ޕަލަމިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4050.00 ރ.

ރަނގަޅު ފެންވަރުގައި ޕްލަމިންގ މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

9

ޑްރެޖް މެކޭނިކް

1

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓް އިން ހައިޑްރޯލިކް އިންޖިނިއަރިންގ.
  • ހައިޑްރޯލިކް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ދެ ފަރާތް އެއްބަސްވާގޮތެއްގެމަތިން.

ޑްރެޖަރުގެ މެކޭނިކަލް މަރާމާތުގެ އެންމެހައި ކަންތައް ހިންގައި، ރާވައި، ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި، މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެގެން ކުރުން.

 

10

ޑްރެޖް އޮޕަރޭޓަރ

1

  • ޑްރެޖް އޮޕަރޭޓްކުރުމުގެ ތަޖުރިބާ

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާގޮތެއްގެމަތިން ޑްރެޖަރ އޮޕަރޭޓްކުރުމާއި، ޓްރާސްޕޯޓުގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

11

ޑްރެޖް ކްރޫ

7

  • އަސާސީ ތަޢުލީމުގެ ފެންވަރު
  • ފަތަންދަންނަ، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައިވުން.

3850.00 ރުފިޔާ

ޑްރެޖަރ އޮޕަރޭޓްކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަން ދިނުމާއި،   އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި، ޑްރެޖަރ ސާފުކޮށް ބެލެހެއްޓުން.

12

ލޯޑަރ އޮޕަރޭޓަރ

3

  • ލޯޑަރ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާގޮތެއްގެމަތިން ލޯޑަރ އޮޕަރޭޓްކުރުމާއި، ވެހިކަލުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

13

އެކްސްކަވޭޓަރ އޮޕަރޭޓަރ

3

  • އެކްސްވޭޓަރ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން.
  • ހާބަރ ޑްރެޖިންގ ބްރޭކް ވޯޓަރ ކޮންސްޓްރަކްޝަންކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާގޮތެއްގެމަތިން އެކްސްކަވޭޓަރ އޮޕަރޭޓްކުރުމާއި، ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

14

އެސިސްޓަންޓް އެކްސްކަވޭޓަރ އޮޕަރޭޓަރ

3

  • ވެހިކަލްތައް ބެލެހެއްޓުމާއި، މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.

3850.00ރ. އިން 4250.00ރ.

އެކްސްކަވޭޓަރ އޮޕަރޭޓްކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަން ދިނުމާއި، ވެހިކަލުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމަށް އެހީތެރިވެދިނުން.  

15

ކައްކާ

5

  • ރަނގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރަން އެނގުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

4400.00 ރުފިޔާ

ސައިޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ކެއިންބުއިމުގެ ކަންކަން، ޝެޑިއުލާ އެއްގޮތަށް ބެލެހެއްޓުމާއި، ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

 

16

ކައްކާގެ އެހީތެރިޔާ

3

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.  
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

3850.00 ރުފިޔާ

ސައިޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ކެއިންބުއިމުގެ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

 

17

ހޭންޑީ ޕަރސަން (ލޭބަރ)

10

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.   
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

3850.00 ރުފިޔާ

ސައިޓުން އަންގާގޮތެއްގެމަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

 

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރަށާއި ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖަމަންޓް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި.

އެހެނިހެން އެލަވަންސް/ޢިނާޔަތް: އެޑިއުކޭޝަނަލް /ޓެކްނިކަލް އެލްވަންސް، އޯފް ރެސިޑެންޝަލް އެލަވަންސް، ހުރުމާއި ކެއުން، އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް (މަޤާމްތަކަށް ކަނޑައެޅިފައިވާ)

އެހެނިހެން: 

- މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

- ޕްރޮޖެކްޓް ސައިޓްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވީމާ، މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، 2015 ޖަނަވަރީ 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން، އެމް.ޓީ.ސީ.ސީގެ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު، ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،  ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް، ފޯމާއެކު ހުށެހެޅުން އެދެމެވެ.  ފެކުހާއި، އީމެއިލުންވެސް މި މިތަކެތި ގަބޫލުކުރެވޭނެއެވެ. މި ފޯމު، ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރ: 3221 332

އީމެއިލް:  [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިގެން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

22 ރަބީޢުލްއައްޥަލް 1436

13 ޖަނަވަރީ 2015
ހޯދާ