ދިވެހިރާއްޖެ
މާލޭ ކޮމާޝަލް ހާބަރުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދެވޭ ޚިދުމަތް ތަރައްޤީކޮށް ފުޅާކުުރުމުގެ ގޮތުން، ރާއްޖެެއަށް އެތެރެކުރާ މުދާ ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ އުސޫލެއްގެ ތެރެއިން ރައްކާތެރިކަމާއިއެކު ބަނދަރުގައި ބެހެއްޓޭނެ އިންތިޒާމް ވަނީ ގާއިމް ކުރެވިފައެވެ. އަދި އަލަށް ތަޢާރަފް ކުރެވޭ މި ޚިދުމަތުގެ ސަބަބުން މުދާ ބަނދަރުގައި ހުންނަ ދުވަސްތަކުގައި ކުރަންޖެހޭ ހޭދައަށް ވަރަށްބޮޑު ލުއެއް ލިބިގެންދާނެ އެވެ.
އަދި މި ޚިދުމަތުގެ ސަބަބުން ކޮންޓެއިނަރގައި މުދާ އެތެރެކުރާ ފަރާތްތަކަށް މުދާ ކްލިއަރ ކުރުމުގައި ކުރަންޖެހޭ ޚަރަދު ކުޑަވެ، ޝިޕިންގ އެޖެންޓުންނަށް އެކޮންޓެއިނަރ އަވަހަށް ބޯޓުފަހަރަށް ލޯޑުކުުރުމަށް ފުރުސަތު ލިބިގެން ދާނެއެވެ.
މި އުސޫލުގެ ދަށުން ބަނދަރުގައި މުދާ ބަހައްޓަން ބޭނުންވާ ފަރާތްތަކަށް މުދާ ބަހައްޓާ މުއްދަތުގައި ސްޓޯރޭޖް ފީ ނެގޭނެ ގޮތް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
RATE WITH GST |
RATE MVR /CBM/DAY |
CBM |
92.52 |
85.67 |
0-3 |
61.68 |
57.11 |
<3-6 |
46.26 |
42.83 |
<6-10 |
- އަލަށް ތަޢާރަފް ކުރެވޭ މި ޚިދުމަތް ފެށިގެން ދާނީ 15 މޭ 2023 ވަނަ ދުވަހުގައެވެ.
- ވީމާ މިކަން ޚިދުމަތް ހޯއްދަވާ އެންމެހާ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.