މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ

މި ކުންފުންޏަށް، ތިރީގައިމިވާ މަޤާމްތަކަށް، ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:  އެސިސްޓަންޓް ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު: 2              

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ: މަހަކު -/4،400 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ     

އެހެނިހެން އެލަވަންސް/ޢިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފާއިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:    ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް -  ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:

- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.

- މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

- ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު ޑިއުޓީ ޝިފްޓްގައި މަސައްކަތްކުރެވޭނެ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  އޮޕަރޭޝަނުން އަންގާ ގޮތެއްގެމަތިން ފެރީ ޓިކެޓުކެނޑުމާއި، ކަސްޓަމަރުންނަށް ފެރީ ޓިކެޓާބެހޭ ޚިދުމަތް ފޯރުކޮށްދިނުމާއި، ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން.

މަޤާމް: ކްރޫ

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރަށާއި ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 1              

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ: މަހަކު -/3،850 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފާއިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް/ ޓްރިޕް އެލަވަންސް/ ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް (ފެރީ /ލޯންޗްތަކުގައި)

ޝަރުޠު:  

- އަސާސީ ތަޢުލީމުގެ ފެންވަރު.

- ފަތަން ދަތުމާއެކު، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.

- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑުގައި ދުއްވާ އުޅަދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެމަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވެ އެއްބާރުލުންދިނުމާއި، އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

މަޤާމް: ކޭޝިއަރ

ބޭނުންވާ އަދަދު: 1               

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރަށާއި ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ: މަހަކު 4،400.00 ރުފިޔާ- 5،370.00 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު 1،000.00 ރުފިޔާ          

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފާއިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް/ ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު

- ޖީ.ސީ.އީ އޯ ލެވްލް (މަދުވެގެން 3 މާއްދާއިން ފާސްވެފައިވުމާއެކު، ހިސާބު ނުވަތަ އެކައުންޓްސްއިން ފާސްވެފައިވުން)

- އިނގިރޭސިބަހުންނާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖަށް ފަރިތަވުން.

- މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑައަޅާފައިވާ ޢުސޫލުގުމަތިން ފައިސާ ބަލައިގަނެ، ޕެޓީކޭޝް ބަލަހައްޓައި، ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތަފްޞީލް ސިސްޓަމަށްއަޅައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1               

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ،މަސައްކަތުގެ ފެންވަރަށާއި ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް: ކޯޕަރޭޓް އެފެއާޒް

އަސާސީ މުސާރަ: މަހަކު 5220.00 ރުފިޔާ - 5910.00 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަން އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ކޯޕަރޭޓް އެފެއާޒް /އެމްޓީސީސީ ހެޑް އޮފީސް - 7 ވަނަ ފަންގިފިލާ

ޝަރުޠު:

- ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރުމާއެކު، މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުމަކީ އިންޓަވިއުއަށް ޝޯޓްލިސްޓްވުމުގައި ލިބިދެވޭ ކުރިއެރުމެކެވެ.

- މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިއުމުގެ ޤާބިލުކަމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   ސެކްޝަނުގެ  އިދާރީ އެންމެހައި މަސައްކަތްކުރުމުގައި ދޭންޖެހޭ އެހީތެރިކަން ދިނުމާއި، މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.

މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1               

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ،މަސައްކަތުގެ ފެންވަރަށާއި ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް: ކޯޕަރޭޓް އެފެއާޒް

އަސާސީ މުސާރަ: މަހަކު 6600.00 ރުފިޔާ - 7850.00 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް/ޢިނާޔަތް:    އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަން އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ކޯޕަރޭޓް އެފެއާޒް /އެމްޓީސީސީ ހެޑް އޮފީސް - 7 ވަނަ ފަންގިފިލާ

ޝަރުޠު:

- ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން ޑިގްރީ ފުރިހަމަކުރުމާއެކު، މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަދާއިރާއަކުން ތަޖުރިބާ ލިބިފައިވުމަކީ އިންޓަވިއުއަށް ޝޯޓްލިސްޓްވުމުގައި ލިބިދެވޭ ކުރިއެރުމެކެވެ.

- މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިއުމުގެ ޤާބިލުކަމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   ޑިރެކްޓަރުންގެ ބޯޑާއި ސަބްކޮމިޓީތަކުގެ އެންމެހައި އިދާރީ މަސައްކަތްކުރުމުގައި ކޮމްޕެނީ ސެކްރެޓަރީއަށް ދޭންޖެހޭ އެހީތެރިކަން ދިނުމާއި، ހިއްސާދާރުންގެ އެންމެހައި ކަންކަން ބެލެއްހެއްޓުމާއި، މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖަނަވަރީ 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް، "ޖޮބް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު، ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް، ފޯމާއެކު ހުށައެޅުން އެދެމެވެ. މިތަކެތި، ފެކުހާއި އީމެއިލުންވެސް ޤަބޫލުކުރެވޭނެއެވެ. މި ފޯމު، ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަމްބަރ: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓްތަކަށާއި، މަސައްކަތު ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިގެން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

22 ރަބީޢުލްއައްޥަލް 1436

13 ޖަނަވަރީ 2015
ހޯދާ