ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން މިއަހަރު ( 2015 ވަނަ އަހަރު ) ބޭއްވުމަށް ހަމަޖެހިފައިވާ ތިރީގައިވާ ހަރަކާތްތައް އިންތިޒާމުކޮށް ހިންގުމަށް އިވެންޓް އޯގަނައިޒްކުރުމުގެ މަސައްކަތްކުރާ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
01- ކޮންމެ މަހަކު އެއްފަހަރު ބާއްވާ ދީނީ ދަރުސް ފޯރަމް (އަލިމަސް ކާނިވަލުގައި – 09 ފޯރަމް)
02- އެޕްރީލް މަހުގައި ބާއްވާ އިސްލާމިކް ފެއަރ (ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި)
03- ރަމަޟާން މަހުގެ ކޮންމެ ހޯމަ އަދި ހުކުރުވިލޭރޭ ބާއްވާ އިޙްޔާ ފޯރަމް (އިސްލާމީ މަރުކަޒުގައި – 08 ފޯރަމް)
ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 21 ޖަނަވަރީި 2015 ވާ ބުދަަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖަނަވަރީި 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.
23 ރަބީޢުލްއައްވަލް 1436