ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާރޓް-ޓައިމް ލެކްޗަރަރ

މަޤާމް :ޕާރޓް-ޓައިމް ލެކްޗަރަރ
ބޭނުންވާ އަދަދު :1

 އޮފީސް

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

Course Name

 

No. of Part-Time Lecturers Needed

Module Name

 

CIII in Patisserie

CIII in Culinary Arts

CIII in Front Office

1

  First Aid (HOS067)

 

 މުސާރަ:

-  ކްލާސް ނަންގަވައި ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ

-  މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ރުފިޔާ

 

 

މަޤާމުގެ   ޝަރުޠު:

- ސްޓޭންޑަރޑް ފަސްޓްއެއިޑް ކޯހާއި އަދި ފަސްޓްއެއިޑް ޓްރެއިނިންގ އޮފް ޓްރެއިނަރ ކޯސް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން.

- ފަސްޓްއެއިޑް ޓްރެއިނިންގ ހިންގުމުގެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 މެއި 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި ފެކަލްޓީގެ  ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

 

 

  

 

ނޯޓް:

 

1- މި އިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާރޓް-ޓައިމް ލެކްޗަރަރއިންގެ ގޮތުގައި ހޮވޭ ފަރާތަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2023 ޓަރމް 1 ގައި ކިޔަވައި ދިނުމަށެވެ. އަދި 2023 ޓާރމް 2 ގައި މި މާއްދާ އޮފަރ ކުރާނަމަ، އެ ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ކޮންޓްރެކްޓް 2 ވަނަ ޓާރމަށް އައު ކޮށްދެވޭނެއެވެ.

2- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ޖައްސަވަންވާނެއެވެ.

 

- First Aid (HOS067) މިމާއްދާ ކިޔަވައި ދެއްވުމަށް ހޮވޭ ފަރާތުން މިކޯހުގެ ތިން ގްރޫޕަކަށް މިމާއްދާ ނަންގަވައި ދެއްވަންވާނެއެވެ. 

 

 

އިތުރު މަޢުލޫމާތު:

- ކްލާސްތައް އޮންނާނީ ފެކަލްޓީން ކަނޑައަޅާ ތާވަލާ އެއްގޮތަށެވެ.

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.

02 މޭ 2023
ހޯދާ