ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ވިލުފުށީ ސްކޫލުގެ އަލިމަސް ޔޫބީލް ލޯގޯ، ފަރުމާކުރުން

މި އިޢުލާންވަނީ 02 މޭ 2023 14:34 ގައި ބާތިލް ކުރެވިފައެވެ.


ވިލުފުށީ ސްކޫލުގެ އަލިމަސް ޔޫބީލް ލޯގޯ،ފަރުމާކުރުން

ވިލުފުށީ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ރޭވިފައިވާ އެކި ޙަރަކާތްތަކާއި މިކަމާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ބޭނުންކުރުމަށް

ހަމަޖެހިފައިވާ ލޯގޯ އާއި ޑައިމަންޑް ޖުބުލީ ރީޑިންގް ޕާކު އަދި އަލިމަސް ޔޫބިލް މޮނިއުމަންޓް ފަރުމާކުރުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 75 އަހަރު ފުރޭ ތާރީޚް: 27 އޯގަސްޓު 1948 އިން 27 އޯގަސްޓު 2023 އަށް

  1. 1. ލޯގޯ ފަރުމާކުރުމުގައި ބަލަންޖޭހޭ މިންގަނޑުތައް:
  • މި ލޯގޯއަކީ އެއްވެސް މުޢައްސަސާއަކުން ބޭނުންކުރަމުންދާ ނުވަތަ ބޭނުންކޮށްފައިވާ ލޯގޯއެއްގެ ކޮޕީއެއް ކަމުގައި ވެގެން ނުވާނެއެވެ.
  • ފަރުމާ ކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތަކަށް ނިސްބަތްވާ އެއްޗެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  • ލޯގޯ ފަރުމާކުރުމުގައި އެއްވެސް ސިޔާސީ ޕާޓީއެއް، ކުންފުންޏެއް ރަމްޒުކޮށްދޭ ސިފައެއް ބޭނުންކޮށްގެން ނުވާނެއެވެ.
  • ލޯގޯ ފަރުމާކުރުމުގައި ފަސޭހައިން ކަނޑާނެގޭ، އަދި ގްރޭ ސްކޭލްގައި ވެސް ޕްރިންޓްކުރުމަށް އެކަށީގެންވާގޮތަށް ފަރުމާކުރުމަށް ސަމާލުކަންދޭންވާނެއެވެ.
  • މި ލޯގޯއަކީ ވިލުފުށީ ސްކޫލަށް 75 އަހަރު ފުރުން ރަމްޒުކޮށްދޭ ލޯގޯއަކަށް ވާންވާނެއެވެ.
  • ލޯގޯގެ މައިގަނޑު ކުލައިގެ ގޮތުގައި ނޫކުލަ ހުންނަންވާނެއެވެ. އަދި ނޫކުލަ އާއިއެކު ރަންކުލަ (ގޯލްޑް)، ރަތް ކުލަ އަދި ހުދު ކުލަ ބޭނުންކުރުން އެދެވިގެންވެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.

 

  1. 2. ލޯގޯއާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
  • ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު
  • ލޯގޯގައި ހިމެނޭ އެކި ބައިތަކުން ރަމްޒުކޮށްދޭ ކަންކަމާއި މާނަ ވަކިވަކިން ތަފްސީލުކޮށްދީފައިވާ ލިޔުން
  • ލޯގޯގައި ބޭނުންކުރާ ފޮންޓް އަދި ފޮންޓްގެ ސައިޒް
  • ލޯގޯގައި ބޭނުންކޮށްފައިވާ ކުލަތަކުގެ RGB ކޯޑް
  • ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާ ނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ސްކޫލަށް ދޭކަން ބަޔާންކުރާ ލިޔުމެއް. މިލިޔުމުގައި ލޯގޯ
  • ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ.ކާޑު ނަންބަރު، ފޯނު ނަންބަރު
  • ލޯގޯގެ ސްފްޓް ކޮޕީ ފައިލް - ފަރުމާކުރުމަށް ބޭނުންކުރި ސޮފްޓްވެއަރ/އެޕްލިކޭޝަންގެ ފޯމެޓްގައި އަދި JPEG, PNG،  PDF  ފޯމެޓްގައި

 

  1. 3. ލޯގޯ ހުށަހަޅާނެ ގޮތް އަދި ސުންގަޑި:

ލޯގޯ ހުށަހަޅާނީ 2023 މެއި 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށެވެ.

 

  1. 4. މާކްސް ދިނުމާއި ވަނަހޮވުން އަދި ދެވޭ އިނާމް
  • ލޯގޯތައް ބަލައި މާކްސް ދޭނީ މިކަމަށް އެކުލަވާލެވޭ ކޮމިޓީއަކުންނެވެ.
  • ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތައްތޯ ބަލާ ފާސްކުރެވޭނެއެވެ.
  • ލޯގޯގެ ފެންވަރު
  • ވިލުފުށީ ސްކޫލަށް 75 އަހަރު ފުރުން ރަމްޒުކޮށްދޭ މިންވަރު
  • އެއްވަނައަށް ހޮވޭ ލޯގޯއަކަށް 1000.00ރ (އެއް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7940633/9764004 އަށެވެ.

02 މޭ 2023
ހޯދާ