ދިވެހިރާއްޖެ
ޢިއްޒުއްދީން ސްކޫލް
ދިވެހިރާއްޖެ
ނަންބަރު: IZS/IUL/2023/18
މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ.
1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ރަޖިސްޓްރީ ކުރެއްވުމަށް، 2023 މެއި 08 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިއުލާނާއި އެކު އެޓޭޗް ކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ރަޖިސްޓްރޭޝަން ފޯމް އީމެއިލް ކުރައްވާނީ: [email protected]
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 މެއި 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15 މެއި 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާފަރާތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި އަދި ބިޑްހުޅުވުމުގެ ބައްދަލުމުވުމަގައި ބައިވެރިވެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިއްޒުއްދީން ސްކޫލް
ފޯން ނަންބަރ 3341700
މެއިލް: [email protected]
30 އޭޕްރީލް 2023