ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ވެބް ޕްލެޓްފޯމްއެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

ހިއުމަން ރައިޓްސް ކޮމިޝަނަށް  ވެބް ޕްލެޓްފޯމެއް  ޑިވެލޮޕްކޮށްދޭނެ  ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)168-CA/1/2023/46   (16 އޭޕްރީލް  2023) އިއުލާނާ  ގުޅިގެން  ހުށަހެޅުނު ބީލަމުގެ އަގުތަށް  ބޮޑުކަމަށްވާތީ އެ އިޢުލާނާއި ގުޅިގެން ހުށަހެޅުނު  ބީލަންތައް ބާޠިލްކުރެވިފައިވާ ވާހަކަ  ދެންނެވީމެވެ.  އަދި މި މަސައްކަތް ކޮށްދިނުމަށް  ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން  03  މެއި  2023  ވާ ބުދަ ދުވަހު މި ކޮމިޝަނަށް ( މ. ސްޓާ ކްލައުޑް ބިލްޑިންގް/ 12 ވަނަ  ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 09  މެއި  2023  ވާ އަންގާރަ ދުވަހުގެ   11:00  އަށް ހިއުމަން ރައިޓްސް ކޮމިޝަން (މ. ޗަނބޭލީވިލާ  ސްޓަރކްލައުޑްސް ބިލްޑިންގް / ކ. މާލެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބ ހުށައެޅުއްވުން އެދެމެވެ.

30 އޭޕްރިލް 2023
ހޯދާ