ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލު ކުރިމަތީގައި ކެންޓީނެއް އަޅައިދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

ނަންބަރު:(IUL)258/258/2023/74                               

 

އިޢުލާން

 

ހަނިމާދޫ ސްކޫލު ކުރިމަތީގައި ކެންޓީނެއް އަޅައިދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

 

ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލު ކުރިމަތީގައި ކެންޓީނެއް އަޅަދިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)258/258/2022/112 އިޢުލާނުގެ މަސްއްކަތުގެ ސްކޯޕްއަށް ގެންނަން ޖެހޭ މުހިންމު ބަދަލެއް ގެނެއުމަށް ބޭނުންވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

10 މެއި 2023

11:00

އަންދާސީ ޙިސާބުހުޅުވުން

21 މެއި 2023

11:30

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

10 ޝައްވާލް 1444

30 އޭޕްރިލް 2023

30 އޭޕްރިލް 2023
ހޯދާ