ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ ހަނިމާދޫ އިޖްތިމާއީ މަރުކަޒަށް ބޭނުންވާ ދޮރުފޮތި ހޯދުމާއި ބެހޭ.

ނަންބަރު: 258/258/2023/73(IUL)                               

 

އިޢުލާން

    

ހދ ހަނިމާދޫ އިޖްތިމާއީ މަރުކަޒަށް ބޭނުންވާ ދޮރުފޮތި ހޯދުމާއި ބެހޭ.

ހދ ހަނިމާދޫ އިޖްތިމާއީ މަރުކަޒަށް ބޭނުންވާ ދޮރުފޮތި ހަރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 258/258/2022/27(IUL) އިޢުލާނަށް ހުށައަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްކަމަށް ނުވުމުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލަށްވާ ފަރާތްތަކުން، މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

10 މެއި 2023

10:30

އަންދާސީ ޙިސާބުހުޅުވުން

21 މެއި 2023

11:00

 
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

10 ޝައްވާލް 1444

30 އޭޕްރިލް 2023

30 އޭޕްރިލް 2023
ހޯދާ