ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރުސަރަހައްދުގައި ވިޔަފާރި ކުރުމަށް ފާހަގަކޮށްފައިވާ ބްލޮކް B154 ގެ 3، 11 އަދި 12 ނަންބަރު ބިމުގައި ކޮށްފައިވާ ޢިމާރާތް 10 އަހަރުދުވަހަށް ބީލަމުގެ އުޞޫލުން
ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، އެބިންތަކުގައި ކޮށްފައިވާ ޢިމާރާތްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
- ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
-
ރަޖިސްޓްރީކުރުން؛
ރަޖިސްޓްރީކުރުން އޮންނާނީ 2023 މެއި 02 ވަނަ ދުވަހުން ފެށިގެން 2023 މެއި 15 ވަނަ ދުވަހުގެ ނިޔަލަށް ( ރަސްމީދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް) ރަޖިސްޓްރީ ކުރުމަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.
ރަޖިސްޓްރޭޝަން ފީ؛
ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/300ރ އަށެވެ.
ޕްރީބިޑް މީޓިން؛
ޕްރީބިޑް މީޓިންގ އޮންނާނީ 2023 މެއި 21 ވަނަ ދުވަހުގެ 10:00 ގައި ، ޕްރީބިޑްމީޓިންގެ ކުރިން އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
( އިމާރާތް ބަލަން ބޭނުންވާފަރާތްތަކަށް ޕްރީބިޑް މީޓިންގެ ނިމުމަށްފަހު ފުރުސަތު ލިބޭނެއެވެ.)
ބިޑް ހުށަހެޅުން؛
ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 2023 މެއި 31 ވަނަ ދުވަހުގެ 10:00 ށް
އެހެނިހެން ކަންކަން؛
- ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ.
- ރަޖިސްޓްރީ ނުކުރާ ފަރާތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.
- ކޮންމެ ޢިމާރާތަކަށް ބިޑް ހުށަހަޅާނީ ވަކިންނެވެ.
- މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.
- ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ސާފުކުރުމާއި ޢިމާރާތް ޗެކްކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.