ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ލ.އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ތުނބުރި ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ލ.ބަރެސްދޫގައި މިދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
* ލޭންޑް ސާރވޭ
* އެންވަޔަރމެންޓް ކޮންސަލްޓެންސީ ފޯރ ރިސޯޓް ޕްލޭނިންގ
* އެންވަޔަރމެންޓް އެސެސްމެންޓް
* ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްދާއިރު އެންވަޔަރަމެންޓާ ގުޅުންހުރި ކަންތައްތައް މޮނިޓަރކުރުން
* ކޯސްޓަލް ޕްރޮޓެކްޝަން ޕްލޭން އަދި ހާބަރ ޖެޓީ ޑިޒައިން
ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި މަސައްކަތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށް ([email protected]) އަށް އީމެއިލް ފޮނުއްވުން އެދެމެވެ. ފޮނުއްވާ އީމެއިލް މި ކޯޕަރޭޝަނަށް ލިބުނުކަން ޔަޤީން ކުރެއްވުމަކީ އެބޭފުޅެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި މިކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތުޝީޓުގައިވާ ކަންކަން ފުރިހަމަކޮށް 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
24 ރަބީޢުލްއައްވަލް 1436