މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ފަޅުވެރިން

ވަޒީފާގެ ފުރުޞަތު

ކޮންޓްރެކްޓް އުސޫލުން ޕްރެޒިޑެންޝަލް ފްލީޓްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު

ފަޅުވެރިން

ބޭނުންވާ ޢަދަދު

3

މުސާރަ

(މަހަކު) -/4465 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު

ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ ކަނޑުމަތީ އުޅަނދެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ލިބިފައިވުން. (މި ވަޒީފާއަށް މީހުން ހޮވުމުގައި މި ދާއިރާގައި މަސައްކަތްކޮށްފައިވާ ކަމުގެ ސެޓްފިކެޓް/ލިޔުން އޮތްނަމަ، އެފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

އިތުރު ޢިނާޔަތްތައް

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ޔުނީފޯމު އެލަވަންސާއި، ކޮއްތު އެލަވަންސާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ސުންގަޑި

މި މަޤާމުގެ ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާގުޅިގެން، މިނިސްޓްރީގެ ނަންބަރު (IUL)28-PM-1/1/2014/163 (2 ޑިސެންބަރު 2014) ގެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015
ހޯދާ