އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ވަކާލާތުކުރާނެ ފަރާތެއް ހޯދުން
ކުރިޔަށް އޮތް 8 މަސްދުވަހުގެ މުއްދަތަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބޭނުންވާ، ގާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި އެކި ފަރާތްތަކާއެކު
ވެވޭ އެއްބަސްވުންތަކާމެދު ގާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް
ކޯޓުތަކުގަ އާއި ޓްރައިބިއުނަލް ތަކުގައި މި އޮފީހުގެ ފަރާތުން ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2023 މޭ 2 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މި އޮފީހުގެ
3010996 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.، އަދި
2023 މޭ 07 ވާ އާދީއްތަ ދުވަހުގެ 09:00 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހުދުހުދު މާލަމަށް ވަޑައިގެން ބިޑްހުށަހެޅުއްވުމަށް
ދަންނަވަމެވެ.
27 އޭޕްރިލް 2023
ހޯދާ