ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުފާރުތަކާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރަތްތަކާއި އެހެނިހެން ތަންތަނުގައި ކުރަހައި ސްޕްރޭކޮށް ޕޯސްޓަރު ފަދަ ތަކެތި ހިއްޕުން މަނާކުރުމާ ގުޅޭ

އިޢުލާން

                ވޭތުވެ ދިޔަ ތަފާތު އިންތިޚާބުތަކުގައި ކެންޕޭން ކުރުމުގެ ގޮތުން އަދި ސިޔާސީ އެކި ބޭނުންތަކުގައި ރަށުގެ އެކި މަގުފާރުތަކަށް ސްޕްރޭކޮށް، ތައްގަނޑުޖަހައި އަދި ޕޯސްޓަރުތައް ހިއްޕުމަށްފަހު އެތަންތަނުގައި ކުލަ ނުލައި، ރީތި ނުކޮށް ހުރުމުގެ ކަންބޮޑުވުމާއި ޝަކުވާ އެފަދަ ގެތަކުގެ ވެރިންގެ ފަރާތުން ކުރިންވެސްވަނީ ރަށު ކައުންސިލަށް ހުށަހަޅައިފައެވެ.  އެންމެ ފަހުން ސްޕްރޭކޮށްފައިވާ ފާރުތަކާއި ތައްގަނޑު ޖަހައިފައިވާ ފާރުތަކާއި ޕޯސްޓަރުތައް ހިއްޕައިފައިވާ ފާރުތައް ސާފުކޮށް ކުލަލުމުގެ ޒިންމާ ނަގަން ޖެހެނީ ރަށުކައުންސިލަށް ކަމުގައި ދަންނަވަމެވެ.

                 ވުމާއެކު، މަގުފާރުތަކުގައި ކުރެހުމާ، ސްޕްރޭ ކުރުމާއި ތައްގަނޑު ޖެހުމަކީ ޤާނޫނު ނަންބަރު 2010/11 "އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު" ގެ ދަށުން މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި މީގެ އިތުރުން، ބަނދަރުމަތީގައި އިންދާފައިވާ ރުށްގަސްތަކާއި މަގު ގޯޅިތަކުގައި ޖަހާފައިވާ ލައިޓް ޕޯސްޓްތަކާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާ މަގުފާރުތަކުގައި ޕޯސްޓަރުފަދަ ތަކެތި ހިއްޕާ، ސްޕޭކޮށް ތައްގަނޑުޖަހައި ބެނާ ދިދަ ފަދަ ތަކެތި އައްސާ ހަރުކުރުމަކީ ވެސް މަނާކަމެއްކަމުގައި ބުނެ އަންގަމެވެ.  އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނު ނަންބަރު 2010/11 "އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު" ގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޝައްވާލް  1444 

27 އޭޕްރިލް 2023
ހޯދާ