ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ބައެއް ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު 02/2015/Bފ-GS43)ފ(06.11.2015) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތައް މަދުކަމުން އެއިޢުލާން ބާޠިލުކޮށް، އިތުރަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

22 ރަބީޢުލްއައްވަލް 1436

13 ޖަނަވަރީ 2015
ހޯދާ