ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 5 |
އަސާސީ މުސާރަ: |
މަހަކު -/5,000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2000ރ - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކަނޑައެޅޭ ޕްރޮޖެކްޓްގެ މަސައްކަތުގެ ފެންވަރާއި ޙަރަދުތައް ބެލެހެޓުން. - ޕްރޮޖެކްޓްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް މުޢާމަލާތްކުރުން. - މަސައްކަތުގެ ތާވަލް ބެލެހެއްޓުން. - މަސައްކަތައް ބޭނުންވާ ތަކެތި ގަތުމުގެ ކަންކަމާއި އެތަކެތި ކަނޑައެޅިފައިވާ ވަގުތުތަކަށް ސައިޓަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން. - ޕްރޮޖެކްޓް ކުރިއަށްދާމިންވަރާއި ގޮންޖެހުންތައް ބަލައި، އެކަންކަމާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން. - ސަބްކޮންޓްރެކްޓަރސް މެނޭޖްކުރުން. - މަސައްކަތް ހަވާލުކުރާ ފަރާތައި ޕްރޮޖެކްޓް ޓީމްއާއި ދެމެދު ރަނަގަޅަށް މުޢާމަލާތް ހިނގުން - މަސައްކަތް ފެށުމުގެ ކުރިން ހޯދަންޖެހޭ މަޢުލޫމަތު ހޯދާ އެއްކުރުން. - ޤަވައިދުން މަސައްކަތް ކުރިއަށްދާ ގޮތް ބެލުން. - މަސައްކަތްތައް ރޭވުމުގައި ޕްރޮޖެކްޓް މެނޭޖަރއަށް އެހީތެރިކަން ފޯރުކޮށްދިނުން. - ސައިޓުގައި ކުރެވޭ ކަންތައްތަކަކީ ޤާނޫނާއި ޤަވަޢިދާ އެގޮތައް ދާ ކަންތައްތައްކަން ކަށަވަރުކުރުން. - ސައިޓް އިންސްޕެކްޝަން އާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން. - ޕްރޮޖެކްޓަށް ކަނޑައެޅި ބަޖެޓްގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުން. - ޕްރޮޖެކްޓް ޝެޑިއުލް އާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުން. |
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 4 މޭއި 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މޭއި މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
07 ޝައްވާލް 1444