މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ، ކެނދިކޮޅުއަވަށު މޮޑާޑް ގަރާޖާއި އިންވެގެން އިރަށް އޮތް ބިން، ކޮމާޝަލް ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދޫކުރުން

ނ. ކެނދިކުޅުދޫ، ކެނދިކޮޅު އަވަށު މޮޑާޑް ގަރާޖްގެ އިރަށް އޮތް 1200 އަކަފޫޓުގެ ބިން ކޮމާޝަލް ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، މިދެންނެވި ބިން، ވިޔަފާރީގެ އުސޫލުން ތަރައްޤީކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚުގައި މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިއިޢުލާނަށް ބީލަން ހުށަހެޅޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

 

ނަން ނޯޓް ކުރުން ނުވަތަ ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  04 މެއި 2023  ވާ ބުރާސްފަތި ދުވަހު  14:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/SVGyVjBmBC
  • ބިން ނަންބަރު D3-02-LC024  ޚާއްސަ ކުރެވިފައިވަނީ ކޮމާޝަލް ވިޔަފާރިއަށެވެ.

 

ޕްރީބިޑު މީޓިންގ ނުވަތަ މަޢުލޫމާތު ސާފުކުރުން

  • މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން  08 މެއި 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި،  ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބީލަން ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމު ކަމެއްނޫނެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.
  • ބައްދަލުވުމުގައި ކުއްޔަށް ދޫކުރާ ބިމާއި ގުޅޭ ކުރެހުންތަކާއި ސްޕެސިފިކޭޝަންގެ އިތުރުން ބީލަމުގެ މުހިންމު މަޢުލޫމާތާއި ތަފްޞީލު ހިއްސާކުރެވޭނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބީލަން ހުޅުވުން އޮންނާނީ 14 މެއި 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހެޅިފަރާތުގެ މަޢުލޫމާތާއި ޕްރޮޖެކްޓް ނަމާއި އިޢުލާނު ނަންބަރު ލިޔަންވާނެއެވެ.
  • އީމެއިލް މެދުވެރިކޮށްވެސް ބީލަން ހުށަހެޅޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަންވާނެއެވެ. މެއިލް ކުރާނީ [email protected] އަށެވެ.
  • ނަންނޯޓު ނުކުރާ ނުވަތަ ރެޖިސްޓްރޭޝަން ފުރިހަމަނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަން އަދި އީމެއިލްވެސް ބަލައެއް ނުގަނެވޭނެއެވެ.
  • ކެނދިކުޅުދޫ ބަނދަރު ސަރަހައްދުން ބިންދޫކުރުމުގައި އަކަފޫޓަކަށް ޖެހޭނެ އެއްމެ ދަށް އަގަކީ އަކަފޫޓަކަށް 60 (ފަސްދޮޅަސް) ލާރިއެވެ.

މާކްސް ދިނުން

  • ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %60 (ސާޅީސް ޕަސަންޓް)
  • ހުށަހަޅާ ޕްރޮޕޯސަލްއަށް   40 (ފަސްދޮޅަސް ޕަސަންޓް)

ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (40 އިންސައްތަ ބެހިފައިވާ ގޮތް)

- ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު   

- ސީ. އެސް. އާރު.            %20

- ވަޒީފާ އުފައްދާ މިންވަރު         

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑުތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

- އީމެއިލް: [email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

7  ޝައްވާލު  1444

27  އޭޕްރީލް  2023

 

 

27 އޭޕްރިލް 2023
ހޯދާ