ދިވެހިރާއްޖެ
ނަންބަރު : HDC (161)-TGO/IU/2023/214
އިއުލާން
ކ.ތިލަފުށި ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމާގުޅޭ
މިކޯޕަރޭޝަން ނަންބަރ HDC(161)-TGO/IU/2023/152 އިއުލާން ހަވާލާދީ ދަންނަވަމެވެ.
ކ. ތިލަފުށި ފަޅުތެރޭގައި ދޫކޮށްލެވިފައިހުރި އުޅަނދުތައް ނެގުމުގެ އުސޫލު )ނަންބަރު: 2023/G-7 "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު"( ގެ ދަށުން އެސަރަހައްދުގައި ހުރި އުޅަނދުތަކުގެ ތެރެއިން އެސަރަޙައްދަށް ދޫކޮށްލާފައިވާ އަދި އެސަރަޙައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތަކެއް އެސަރަޙައްދުން ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން މި ކޯޕަރޭޝަނުން މިހާރުވާނީ ފަށާފައެވެ. އެގޮތުން މިފަދަ 80 އުޅަނދުގެ މަޢުލޫމާތު މި އިއުލާނުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނިފައިވާނެއެވެ.
ވީމާ މި އިއުލާނާއެކު ލިސްޓް ކުރެވިފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއްވާނަމަ މިކުންފުނީގެ ކޯލްސެންޓަރ ހޮޓްލައިން 1516 އަށް ގުޅާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އިއުލާނުގައިވާ ތާރީޚުން ފެށިގެން (ތިރީސް) ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެންގެވުމަށް ދަންނަވަމެވެ. އަދި މި 30 (ތިރީސް) ދުވަހުގެ މުއްދަތުގައި މި އުޅަނދު / އުޅަނދުތައް ނަގާފައި ނުވާނަމަ އުސޫލު ނަންބަރު: 2023/G-7 "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު" ގެ ދަށުން މި އުޅަނދުތަކާއި މެދު އަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
27 އޭޕްރީލް 2023