މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑިވެލޮޕަރ (ވެބް ޑިވެލޮޕަރ)
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު
ޑިވެލޮޕަރ (ވެބް ޑިވެލޮޕަރ)
މި މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކޮށް، އައި.ސީ.ޓީ ޑިޕާރޓްމަންޓްގެ އޮނިގަނޑުތެރޭގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް
މުވައްޒަފެއް ނެގުމަށް ބޭނުންވެއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި
ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މެއި 2023 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ
އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ
އެޑްރެޑިޓް ކޮޕީ) އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]
27 އޭޕްރިލް 2023
ހޯދާ